
މިއަދު ފެމިލީ ކޯޓުން 59 ކައިވެނި
މިއަދު ފެމިލީ ކޯޓުން 59 ކައިވެނި ކޮށްދޭނެ ކަމަށް އެކޯޓުން ބުނެފިއެވެ.
25-5-2025 ގެ ރީތި ތާރީޚުގައި ފެމިލޯ ކޯޓުން ކޮށްދޭ ކައިވެނިތަކުގެ ތެރެއިން 36 ކައިވެންޏަކީ ނުރަސްމީ ގަޑީގައި ކޮށްދޭ ކައިވެންޏެވެ. ރަސްމީ ގަޑީގައި އެކޯޓުން މިއަދު 23 ކައިވެނި ކޮށްދޭނެއެވެ.
ފެމިލޯ ކޯޓުން ބުނީ މިއީ މިއަހަރުގެ މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ ކައިވެނި އަޤްދު ކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސް ކަމަށެވެ. އެހެންކަމުން ކޯޓަށް ވަޑައިގަންނަވާ ފަރާތްތަކަށް ލުއިސަފޭހަ ކޮށްދިނުމުގެ ގޮތުން ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށް ކޯޓުން ބުންޏެވެ.
ފެމިލީ ކޯޓުން ޢާއްމުކުރި ފޮޓޯތަކުގައިވާ ގޮތުން ކޯޓްގެ ބޭރުގައިވެސް ވަނީ ޓެންޓް ޖަހާ މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އަދި ކޯޓް ރޫމްގައިވެސް ގިނަ މީހުންނަށް ތިބެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
ރިއެކްޝަންސް






