
އެއަޕޯރޓް އާ ޓަރމިނަލްގެ މުހިއްމު ޚިދުމަތްތައް ޔަގީންކަމާއެކު ޓެސްޓްކޮށްފި
އެއަޕޯރޓްގެ އާޓަރމިނަލް ހުޅުވާނީ މިނިވަން ދުވަހު
އެއަޕޯރޓް އާ ޓަރމިނަލްގެ މުހިއްމު ޚިދުމަތްތައް ޔަގީންކަމާއެކު ޓެސްޓްކޮށްފި އެވެ. ޒަމާނީ ފުރިހަމަ އެއަޕޯރޓް އަންނަ ހޮނިހިރު ދުވަހު ހުޅުވުމުގެ ކުރިން ޓެސްޓް މަރުހަލާތައް ކަމާ ގުޅުންހުރި ސެކްޝަންތަކާއި, މުއައްސަސާތަކުން ދަނީ ފުރިހަމަ ކުރަމުންނެވެ.
އެގޮތުން އެންމެ ފަހުން ޓެސްޓް މަރުހަލާ ފުރިހަމަކުރީ ބޯޑިންގ މަރުހަލާ އާއި, ސެކިއުރިޓީ ސްކްރީނިންގެ އިތުރުން އިމިގްރޭޝަން ކްލިއަރެންސްއެވެ. މޯލްޑިވްސް އެއަޕޯރޓްސް ކޮމްޕެނީން ބުނީ އެހުރިހާ މަރުހަލާއެއްވެސް ޔަގީންކަމާއެކު ޓެސްޓްކުރެވިފައިވާ ކަމަށެވެ. މީގެއިތުރުން ފަތުރުވެރިންގެ ފްލޯ މެނޭޖްމަންޓްގެ ޓްރިއަލް މަރުހަލާވެސް ވަނީ ފުރިހަމަކޮށްފައެވެ. ޗެކިންގ ޕްރޮސެސް އާއި ފަޔަރ ސިސްޓަމްވެސް ކަމާ ގުޅުންހުރި ސެކްޝަންތަކުން ވަނީ ޓެސްޓްކޮށް އެއަޕޯރޓް ހުޅުވަން ތައްޔާރުވެފައެވެ.
އެއަޕޯރޓްގެ އާ ޓާމިނަލް ހުޅުވާނީ މިއަހަރުގެ މިނިވަން ދުވަހުއެވެ. އެއަޕޯރޓްގެ އާ ޓަރމިނަލް ހުޅުވަން ކުލަގަދަ އަދި 'ސަޕްރައިޒް' ހަރަކާތްތަކެއް ކުރިއަށް ގެންދަން އެއަޕޯރޓްސް ކޮމްޕްނީން ވަނީ ނިންމާފައެވެ. އޭގެތެރޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު, ފުރިހަމަ ހަވާވެސް ހިމެނެއެވެ.
އެއަޕޯރޓް އާޓަރމިނަލްގެ މަސައްކަތް ފެށީ ރައީސް ޢަބްދުالله ޔާމީންގެ ދައުރުގެ ފަހުކޮޅުއެވެ. އެކަމަކު ޑިޒައިންއަށް ބޮޑަތި ބަދަލުތަކެއް ގެނެސް އަމަލީ މަސައްކަތާއެކު ބޮޑުބައެއް މިދިޔަ އެމްޑީޕީ ސަރުކާރުން ފުރިހަމަކޮށް ނިންމިއެވެ. އެއަޕޯރޓްގެ މަސައްކަތުގެ ފިނިޝިންގ ޚާއްޞަ ސަމާލުކަމެއް ދީގެން މިސަރުކާރުން އަންނަނީ ފުރިހަމަކުރަމުންނެވެ.
އާޓަރމިނަލް ހުޅުވުމަށްފަހު ފުރަތަމަ ޚިދުމަތް ދޭނީ މޯލްޑިވިއަންގެ އިންޓަރނޭޝަނަލް ފްލައިޓްތަކަށެވެ.
ރިއެކްޝަންސް






