ޕީއެންސީގެ ކެމްޕެއިން ހަރަކާތަތަކުގެ ތެރެއިން "ދަ ގްރޭޓަރ އައްޑޫ" ގެ ފޯރިގަދަ މިއުޒިކް ޝޯއެއް މިރޭ އައްޑޫގައި!

ޕީއެންސީގެ ކެމްޕެއިން ހަރަކާތަތަކުގެ ތެރެއިން "ދަ ގްރޭޓަރ އައްޑޫ" ގެ ފޯރިގަދަ މިއުޒިކް ޝޯއެއް މިރޭ އައްޑޫގައި!

3 hours ago - 12:51
Advertisement
Advertisement

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން އައްޑޫ ސިޓީގައި ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން، "ދަ ގްރޭޓަރ އައްޑޫ" ގެ ޚާއްސަ މިއުޒިކް ޝޯއެއް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.


އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންނަށް އަމާޒުކޮށްގެން ބާއްވާ މި މިއުޒިކް ޝޯ އޮންނާނީ މިރޭ 8:30 ގައި ހިތަދޫ ސްޓޭޖް ސަރަހައްދުގައެވެ. "އިކުއެޓިކް ވައިބްސް" އާއި "ޓްރޮޕިކް ބޭންޑް" ގުޅިގެން ކުރިއަށްގެންދާ މި ޝޯއަކީ ވަރަށް ފޯރިގަދަ ހުށަހެޅުންތަކެއް ފެނިގެންދާނެ ހަރަކާތެކެވެ. މި ޝޯގެ އެންމެ ޚާއްސަ އެއް ހަރަކާތެއްގެ ގޮތުގައި، ހަވާ އެރުވުމުގެ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

addu show.jpeg


މިކަމާ ގުޅޭގޮތުން އައްޑޫ ސިޓީގެ މޭޔަރު އޮފީހުން ބުނީ، މިއުޒިކީ ހުށަހެޅުންތަކަށްފަހު ޝޯއަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށްވެސް "ބިލެއްމީރުކޮށްލުމެއް" އޮންނާނެ ކަމަށެވެ. މިއީ އައްޑޫގެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ވަރަށް މުހިންމު ހަރަކާތެކެވެ.

Advertisement
Advertisement


މި ފޯރިގަދަ މިއުޒިކް ޝޯ އާއި ހަވާ އެރުވުމުގެ ހަރަކާތް ބައްލަވާލެއްވުމަށް އައްޑޫ ސިޓީގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަނީ ދައުވަތު އަރުވާފައެވެ. މި ހަރަކާތަކީ ޕީއެންސީގެ ކެމްޕެއިން ފޯރި އައްޑޫ ސިޓީގައި އިތުރަށް ގަދަކޮށް، ރައްޔިތުންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް ރޭވިފައިވާ ޚާއްސަ ހަރަކާތެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement