އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން އާ އުސްމިންތަކަކަށް އުފުލިގެންދާނެ- މޯދީ
އިންޑިޔާގެ ބޮޑުވަޒީރު މޯދީ އާއި ރައީސް މުއިއްޒު މިއަދު: ފޮޓޯ-ރައީސް އޮފީސް

އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން އާ އުސްމިންތަކަކަށް އުފުލިގެންދާނެ- މޯދީ

9 months ago - 11:59
Jul 25, 2025 - 11:59
Advertisement
Advertisement

އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ކުރިއަށް އޮތްދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މިއަދު ރާއްޖެ ވަޑައިގެން ދިވެހި ބަހުން ކުރެއްވި ޓްވީޓެއްގައިން މޯދީ ވިދާޅުވީ ކުރިއަށް އޮތްދުވަސްތަކުގައި ދެގައުމުގެ ގުޅުން އާ އުސްމިންތަކަކަށް އުފުލިގެންދާނެކަން ޔަޤީން.ކަމަށެވެ.

"މާލެ އާދެވިއްޖެ. އަޅުގަނޑަށް މަރްޙަބާ ކިޔުމަށް ރައީސް މުޢިއްޒު އެއަރޕޯޓަށް ވަޑައިގެންނެވުމުން  ވަރަށް އުފާކުރަން. " މޯދީ ޓްވީޓްގައި ވިދާޅުވިއެވެ.

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް މޯދީ ރާއްޖެ ވަޑައިގަތީ މިއަދުއެވެ. އެނބުރި ވަޑައިގަންނަވާނީ މާދަމާއެވެ. މިދަތުރުފުޅުގައި ދެގައުމުގެ މެދުގައި ރަސްމީ ވާހަކަތައް ކުރިއަށް ގެންދަވާނެއެވެ.

މިސަރުކާރުގެ ކުރީކޮޅު ދެގައުމުގެ ގުޅުން ގޯސްނަމަވެސް އެގުޅުން މިހާރު އަންނަނީ ވަރަށް ބޮޑަށް ބަދަހިވަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement