
ހޯމަ ދުވަހު ލަންކާ ރައީސް ރާއްޖެ ވަޑައިގަންނަވަނީ
އަންނަ ހޯމަ ދުވަހު ލަންކާ ރައީސް އަނޫރަ ކުމާރަ ދިސަނަޔަކަ ރާއްޖެ ވަޑައިގަންނަވަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. ލަންކާ ރައީސްވެސް ރާއްޖެ ވަޑައިގަންނަވަނީ ރައީސުލްޖުންހޫރިއްޔާ ޑރ.މުޙައްމަދު
މުއިއްޒުގެ ދައުވަތަކަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ރަސްމީ މިދަތުރު ފުޅުގައި ދެ ރައީސުން ރަސްމީ ވާހަކަތައް ބާއްވަވާނެ ކަމަށެވެ. ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ގުޅިގެން ދެގައުމުގެ ފައިދާއަށް މަސައްކަތްކުރެވޭނެ ދާއިރާތަކުންވެސް މަޝްވަރާ ކުރައްވާނެއެވެ.
މިއީ 2014 ވަނަ އަހަރު އިންތިޚާބުވެވަޑައިގެންނެވި ސްރީލަންކާގެ ރައީސް ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ރާއްޖެއާ ލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްނކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހުއެވެ.
ރައީސް މުއިއްޒުގެ ދައުވަތަކަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިވަގުތު ހުންނެވީ ރާއްޖޭގައެވެ.
ރިއެކްޝަންސް






