ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހާޒިރު ކުރުމަށް ހޯދަމުންދަނީ ށ. ކޮމަންޑޫ އުރަހަ އުމުރުން 43 އަހަރުގެ މުޙައްމަދު ނިޔާޒު

9 days ago - 09:08
Advertisement

ބަންދުގައި ބަހައްޓައިގެން ސިވިލްކޯޓަށް ހާޒިރު ކުރުމަށް މީހަކު ހޯދަން ފުލުހުން ފަށައިފިއެވެ.

ފުލުހުން އާންމު ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ހާޒިރު ކުރުމަށް ހޯދަމުންދަނީ ށ. ކޮމަންޑޫ އުރަހަ އުމުރުން 43 އަހަރުގެ މުޙައްމަދު ނިޔާޒު ނަމަކަށް ކިޔާ މީހެކެވެ.

މުޙައްމަދު ނިޔާޒް ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ ރަހުނު ނުހިމެނޭ ފައިސާގެ ޙުކުމް ތަންފީޒް މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2024 ސެޕްޓެންބަރު 10  ވަނަ ދުވަހުގެ 10:00 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

މުޙައްމަދު ނިޔާޒް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން ވަނީ އެދިފައެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement