ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލައިގެ ދައުވާލިބޭ މީހަކު ކޯޓަށް ހާޒިރު ކުރުމަށް ހޯދަނީ
މި މައްސަލައިގައި ފުލުހުން ހޯދަމުންދަނީ ކ. މާލެ / ދަފްތަރު ނަންބަރު ދރ 2840، އުމުރުން 25 އަހަރުގެ މުސްލިމް ޢަބްދުﷲ
މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލައިގެ ދައުވާލިބޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ފުލުހުން ހޯދަން ފަށައިފިއެވެ.
މި މައްސަލައިގައި ފުލުހުން ހޯދަމުންދަނީ ކ. މާލެ / ދަފްތަރު ނަންބަރު ދރ 2840، އުމުރުން 25 އަހަރުގެ މުސްލިމް ޢަބްދުﷲ އެވެ.
ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށްޓަކައި އޭނާ ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.
މި އަމުރާ ގުޅިގެން މުސްލިމް ޢަބްދުﷲ ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2024 ސެޕްޓެންބަރު 9 ވަނަ ދުވަހުގެ 08:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
މުސްލިމް ޢަބްދުﷲ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.
ރިއެކްޝަންސް