ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޕީ.އެސް ކުއްލިގޮތަކަށް އިސްތިއުފާ ދެއްވައިފި
ޙިންނާ ޚާލިދު ޕީ.އެސްގެ މަގާމުގެ ލިޔުމާ ޙަވާލުވަނީ. ފޮޓޯ: ހޯމް މިނިސްޓްރީ

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޕީ.އެސް ކުއްލިގޮތަކަށް އިސްތިއުފާ ދެއްވައިފި

މިދިޔަ ޖޫން މަހުގެ ހަވަނަ ދުވަހު ޕާމަންންޓް ސެކްރެޓަރީގެ މަގާމާ ޙަވާލްވެވަޑައިގަތް ޙިންނަ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވި ސަބަބެއް އަދި ހާމަކުރައްވާފައެއް ނުވޭ

9 days ago - 09:32
Sep 8, 2024 - 09:36
Advertisement

ދާޚިލީ ސަލާމަތާއި ފާންނިއްޔާތާ ބެހޭ ވުޒާރާގެ ޕާމަނަންޓް ސެކެޓްރީ ޙިންނާ ޚާލިދު ކުއްލިގޮތަކަށް އިސްތިއުފާ ދެއްވައިފިއެވެ.

އަމާޒް ނޫހަށް އެނގިފައިވާ ގޮތުގައި ޙިންނާ ޚާލިދު ވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވިކަމުގެ ސިޓީ ސިވިލް ސަރވިސް ކޮމިޝަނަނަށް ހުށަހަޅައި އެކަން އެމިނިސްޓްރީގެ ސީނިއާ މެނޭޖްމެންޓް ޓީމަށްވެސް އަންގަވާފައެވެ.

މިދިޔަ ޖޫން މަހުގެ ހަވަނަ ދުވަހު ޕާމަންންޓް ސެކްރެޓަރީގެ މަގާމާ ޙަވާލްވެވަޑައިގަތް ޙިންނަ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވި ސަބަބެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ޙިންނަ އިސްތިއުފާ ދެއްވުމަށްފަހު އެ މިނިސްޓްރީގެ އެކްޓިން ޕީ.އެސްގެ ޒިންމާތައް އެމިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލަކާ ޙަވާލުކުރައްވާފައިވާކަން ވަނީ އަމާޒް މީޑިއާއަށް އެނގިފައެވެ.

Advertisement

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޕީ.އެސްގެ މަގާމާ ޙިންނާ ޚާލިދު ހަވާލުވީ އެމަގާމުގައި ކުރިން ހުންނެވި އަބްދުއްރަޙްމާނު ޞަލާޙް ރަޝީދު މިއަހަރުގެ ކުރީ ކޮޅު އިސްތިއުފާ ދެއްވުމާ ގުޅިގެން އެމަގާމު ހުސްވެފައިވާތީ ސިވިލް ސަރވިސް ކޮމިޝަނުންނެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގައި އެންމެ ރަނގަޅަށް ހިންގަމުން އަންނަ އެއް ވުޒާރާ ކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

ޚާއްސަ ގޮތެއްގައި ގާނޫނު ތަންފީޒު ކުރެއްވުމަށް އެވުޒާރާގެ ވަޒީރު ކުރައްވާ މަސައްކަތަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement