ގޯއްޗާއި ފްލެޓްގެ ރަޖިސްޓްރީ އަންނަ ހަފްތާގެ ނިޔަލަށް ހަވާލުކޮށް ނިންމާނަން – ރައީސް
ގޯއްޗާއި ފްލެޓްގެ ރަޖިސްޓްރީ އަންނަ ހަފްތާގެ ނިޔަލަށް ހަވާލުކޮށް ނިންމުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ގޯއްޗާއި ފްލެޓްގެ ރަޖިސްޓްރީ އަންނަ ހަފްތާގެ ނިޔަލަށް ހަވާލުކޮށް ނިންމުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މީގެ އިރުކޮޅެއް ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގޯތި އަދި ފްލެޓް ލިބޭނެ ކަމަށް ފައިނަލް ލިސްޓްގައި ހިމެނި ގެޒެޓު ކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓަރީ އާއި ފްލެޓް ހަވާލު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރައީސް ވިދާޅުވީ މި ހަފްތާގައާއި އަންނަ ހަފްތާތެރޭ އެމަސައްކަތް ނިންމާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރައީސް ވިދާޅުވީ ގޯތި ދީފައިވާ ބައެއް ބިންތަކަކީ ނުހިއްކާ ހުރި ތަންތަން ކަމުން އެތަންތަން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާކަން ފާހަގަ ކުރައްވާ ކަމަށާއި ގުޅީފަޅާއި ގިރާވަރު ފަޅުން އިތުރު ބިން ހިއްކުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވައުވެވަޑައިގެންނެވި ފަދައިން އެކަން ކުރައްވާނެ ކަމަށެވެ.
ރިއެކްޝަންސް