ފަހުވަގުތު ކާމިޔާބުުރި ދެ ގޯލާއެކު ލިވަޕޫލް އަށް ބޯންމައުތު އަތުން އުނދަގޫ މޮޅެއް
މެޗުގައި މޮޅު ކުޅުމެއް ދެއްކި އެކިޓީކޭ (ކ) އަދި ލިވަޕޫލްގެ ކުޅުންތެރިން. ފޮޓޯ: ލިވަޕޫލް އެފްސީ

ފަހުވަގުތު ކާމިޔާބުުރި ދެ ގޯލާއެކު ލިވަޕޫލް އަށް ބޯންމައުތު އަތުން އުނދަގޫ މޮޅެއް

ސަޕޯޓަރުން ވަނީ މެޗުގެ ތެރެއިން ޖޯޓާއަށް ޓްރިބިއުޓްއެއް ދީފައި

5 hours ago - 09:10
Aug 16, 2025 - 09:12

ނަތީޖާ އެއްވަރުވެފައި ވަނިކޮށް ފަހުވަގުތު ލިވަޕޫލްއިން ކާމިޔާބުކުރި ދެ ގޯލާއެކު މި ސީޒަންގެ އިނގިރޭސި ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗު ލިވަޕޫލް ކާމިޔާބުކޮށްފިއެވެ. 4-2 ން ލިވަޕޫލް މެޗު ކާމިޔާބުކުރިއިރު ޖުލައިމަހު ނިޔާވި އެ ކްލަބުގެ ކުޅުންތެރިޔާ ޑިއޯގޯ ޖޮޓާއަށް ދިން ޓްރިބިއުޓާއެކު މިއީ ލިވަޕޫލްގެ ކުޅުންތެރިންނަށް މިއީ ވަރަށް ޖަޒުބާތީ މެޗެކެވެ.

ލިވަޕޫލްގެ ޖާޒީ ނަމްބަރު 20, ޖޮޓާ އާއި އޭނާގެ ކޮއްކޮ އަންދްރޭ ސިލްވާ ނިޔާވީ ކާރު އެކްސިޑެންޓެއްގައެވެ. މެޗު ފެށުމުގެ ކުރިން ކުޅުންތެރިންގެ ހަނދާނުގައި ވަނީ ހަމަ ހިމޭންކަމުގެ ސުކޫތެއް ފާހަގަކޮށްފައެވެ. އަދި މެޗުގެ 20 ވަނަ މިނިޓްގައި ސަޕޯޓަރުންގެ ފަރާތުންވަނީ ޖޮޓާއަށް އަތްތިލަބަޑީގެ ޓްރިބިއުޓް އެއް ދީފައެވެ.

މެޗުގައި ލިވަޕޫލްއާ ހޫނު މޫސުމުގައި އަލަށް ގުޅުނު 4 ކުޅުންތެރިންނަށް ފުރަތަމަ އެގާރައިން ކޯޗު އާނޭ ސްލޮޓް ޖާގަދީފައެވެ. އޭގެތެރޭގައި އެއިންޓްރަންޗް ފްރެންކްފާޓުން 70 މިލިއަން ޕައުންޑަށް ގެނައި ހޫގޯ އެކިޓީކޭ ވަނީ 37 ވަނަ މިނިޓްގައި ލިވަޕޫލްއަށް ފުރަތަމަ ގޯލްވެސް ކާމިޔާބުކޮށްދީފައެވެ.

ފުރަތަމަ ހާފު ނިމިމިގެ މިނިޓެއްހާއިރު ކުރިން ލިވަޕޫލްގެ ލީޑް ފުޅާކޮށްދިނީ ކޯޑީ ގަޕްކޯއެވެ. 49 ވަނަ މިނިޓްގައި މިގޯލް ކާމިޔާބުކޮށްދިނުމުގައި އެހީތެރވީވެސް އެކިޓީކޭ އެވެ.

Advertisement
Advertisement

ދެވަނަ ހާފު ފެށިގެން މެޗުގެ 64 ވަނަ މިނިޓްގައި ބޯންމައުތުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ އެންޓޮއިންސެމެންޔޯއެވެ. ހަމެދް ޖޫނިއަރ ޓްރައޮރެ ތަނަވަސްކޮށްދިން ފުރުޞަތުގައި 76 ވަނަ މިނިޓްގައި ބޯންމައުތަށް ނަތީޖާ އެއްވަރުކޮށްދިނީވެސް ސެމެންޔޯއެވެ.

ލިވަޕޫލް އިން އަނެއްކާވެސް ފަހަތުންއަރާ ނަތީޖާ އަށް ބަދަލު ގެނައުމަށް ވަގުތުކޮޅެއް ނެގިއެވެ. މެޗު ނިމެން ދެ މިނިޓަށްވެފައި ވަނިކޮށް ލިވަޕޫލްގެ ފެޑެރީކޯ ޗިއޭސާ ވަނީ ލިވަޕޫލްއަށް ތިންވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ. މެޗުގެ ފުރުހަމަ ވަގުތު ނިމި އިތުރު ވަގުތުގެ ހަތަރުވަނަ މިނިޓްގައި ލިވަޕޫލްގެ ފަހުގޯލް ކާމިޔާބުކޮށްދިނީ މުޙައްމަދު ޞަލާޙް އެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow