އެނބުރި އައުމާއި, ޕެނަލްޓީ އާއެކު ނޭޝަންސް ލީގުގެ ފޯރިގަދަ ކުއާޓަރ ފައިނަލް ޕްލޭއޯފް
40 އަހަރުގައި ގައުމީ ޓީމަށް ގޯލް ޖެހުމަށްފަހު ރޮނާލްޑޯ އޭނާގެ ޓްރޭޑްމާކް ސެލެބްރޭޝަން

އެނބުރި އައުމާއި, ޕެނަލްޓީ އާއެކު ނޭޝަންސް ލީގުގެ ފޯރިގަދަ ކުއާޓަރ ފައިނަލް ޕްލޭއޯފް

ފްރާންސް, ޖަރުމަނު, ޕޯޗްގަލް އަދި ސްޕެއިން ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ

2 days ago - 08:49
Mar 24, 2025 - 12:48

ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ދެވަނަ ލެގުގައި ރޭ ކުޅުނު ފޯރިގަދަ މެޗުތަކަށްފަހު ސެމީ ފައިނަލްއަށް ދަތުރުކުރީ ފަރަންސޭސި ވިލާތް, ޖަރުމަނުވިލާތް, ޕޯޗްގަލް އަދި ސްޕެއިންއެވެ. މީގެ ތެރެއިން ދެމެޗެއްގައި ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރުނުއިރު ފްރާންސް އާއި ޕޯޗުގަލް ވަނީ ދެވަނަ ލެގު ކާމިޔާބުކޮށް އެނބުރި އައިސްފައެވެ. އެގްރެގޭޓުން ކުރި ހޯދައިގެން ޕޯޗްގަލް ސެމީއަށް ދަތުރުކުރި އިރު, ފްރާންސް ސެމީއަށް ދަތުރުކުރީ ޕެނަލްޓީން ކްރޮއޭޝިއާ ބަލިކޮށްގެންނެވެ.

މެޗުތަކުގެ ނަތީޖާ:

ފްރާންސް 2-0 ކޮރޮއޭޝިއާ (އެގްރެގޭޓް 2-2, ޕެނަލްޓީން ފްރާންސް މޮޅުވީ 5-4 ން)

ޖަރުމަނު 3-3 އިޓަލީ (5-4 އެގަރެގޭޓް)

Advertisement
Advertisement

ޕޯޗުގަލް 5-2 ޑެންމާކް (5-3 އެގްރެގޭޓް)

ސްޕެއިން 3-3 ނެދަލެންޑްސް (އެގްރަގޭޓް 5-5, ޕެނަލްޓީން ސްޕެއިން މޮޅުވީ 5-4 ން)

ރޭ ކުޅުނު މެޗުގެ އެންމެ އުސް އައްޔަކީ ޕޯޗަގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަތުން ނާކާމިޔާބުވި ޕެނަލްޓީއެވެ. ރޮނާލްޑޯއަށް ގޯލް އޭރިއާގެ ތެރެއިން ކުރި ފައުލަކާ ގުޅިގެން މެޗުގެ ހަވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ ފޮނުވާލީވެސް އޭނާއެވެ. ނަމަވެސް ޑެންމާކްގެ ކީޕަރު ކެސްޕަރ ޝެމެޝެލް ވަނީ ބޯޅަ ދިފާއުކޮށްފައެވެ.

ނަމަވެސް މެޗުގެ 72 ވަނަ މިނިޓްގައި ހިތްގައިމު ގޯލެއް ކާމިޔާބުކޮށް ރޮނާލްޑޯ ވަނީ އޭނާގެ ޓްރޭޑްމާކް ސެލެބްރޭޝަން ދައްކާލާފައެވެ.

އިތުރު ވަގުތުގެ ގިނަ މިނިޓްތަކެއް ފެނިގެންދިޔަ މި މެޗުގައި ޕޯޗްގަލްގެ ފަހު ގޯލް ކާމިޔާބުކުރީވެސް މެޗުގެ 115 ވަނަ މިނިޓްގައެވެ.

ފްރާންސުން ނަތީޖާ ނެރުނީ ފުރަތަމަ ލެގުގައި 2-0 ން ކޮރޮއޭޝިއާ އަތުން ބަލިވެފައި އޮށްވާ ދެވަނަ ލެގުގައި 2-0 ން ކޮރޮއޭޝިއާ ބަލިކުރުމަށްފަހު ނަތީޖާ ނެރެން ޖެހި ޕެނަލްޓީން ކުރި ހޯދައިގެންނެވެ.

ސްޕެއިން އާއި ޑެންމާކް ބައްދަލުކުރި މެޗު އެއްވަރުވެ, އެގްރެގޭޓުންވެސް އެއްވަރުވުމުން އެ މެޗުގެ ނަތީޖާ ވެސް ނެރެންޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގައި ލަމީން ޔަމާލްގެ ފަރާތުން މޮޅު ގޯލެއް ފެނުނުނަމަވެސް ޕެނަލްޓީގައި އޭނާއަށް ވަނީ ނާކާމިޔާބުވެފައެވެ.

ސެމީ ފައިނަލްގައި ޖޫން ހަތަރުވަނަ ދުވަހު ޖަރުމަނު ބައްދަލުކުރާނީ ޕޯޗުގަލް އާއެވެ. ޖެހިގެން އަންނަ ދުވަހު ސްޕެއިން ނިކުންނާނީ ފްރާންސް އާ ދެކޮޅަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow