
އާސެނަލްއިން 70 މިލިއަން ޑޮލަރަށް ޗެލްސީގެ މަޑުއޭކޭ ގަނެފި
އާސެނަލްއަށް ވާދަވެރި ޗެލްސީގެ ވިންގާ ނޮނީ މަޑުއޭކޭ 48.5 މިލިއަން ޕައުންޑް (70 މިލިއަން ޑޮލަރު) ގެ ފީއަަށް ބަދަލުވެއްޖެއެވެ. މަޑުއޭކޭ ޗެލްސީއާއެކު 5 އަހަރު ދުވަހުގެ އެއްބަސްވުމެއް ބާކީ އޮތްނަމަވެސް އާސެނަލްއިން ބޮޑުއަގެއް ހުށަހެޅުމުން ޗެލްސީން ނިންމީ ކުޅުންތެރިޔާ ވިއްކާލާށެވެ.
23 އަހަރުގެ މަޑުއޭކޭ ވަނީ ދާދި ފަހުން އެމެރިކާގައި ބޭއްވި ފީފާ ކްލަބް ވޯލްޑްކަޕްގައި ޗެލްސީއަށް ކުޅެފައެވެ. ނަމަވެސް މިކޭލް އާޓޭޓާގެ އާސެނަލް އާ ގުޅުމުގެ ކަންތައްތައް ފައިނަލް ކުރުމަށް, ފައިނަލް މެޗުގައި ޕެރިސް-ސެއިންޓް ޖެމައިން 3-0 ން ބަލިކުރި މެޗުގައި އޭނާ ބައިވެރިވެފައެއް ނުވެއެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތަށް އާސެނަލްއާ ގުޅުނު ކުޅުންތެރިޔާއަށް އިތުރު ފީތަކާއެކު 50 މިލިއަން ޕައުންޑް ލިބޭނެކަމަށް ރިޕޯޓްތައް ބުނެއެވެ.
"މިއީ ޔަޤީނުންވެސް ހާއްސަ ކަމަކަށް ވާނެ. އަހަރެން މިހުރީ އާސެނަލްގެ ކިޓްގައި ދަނޑަށް ނިކުމެ އެމީހުން އަހަންނަށް ކުރި އިތުބާރުގެ އަގު އަދާކުރަން ކެތްމަދުވެފައި" އީއެސްޕީއެންއަށް އޭނާ ބުނެފައި ވެއެވެ.
ޖެނުއަރީ 2023 ގައި ޕީއެސްވީ އެންދޮވެން އިން ޗެލްސީއަށް ބަދަލުވު މަޑުއޭކޭ ޗެލްސީއަށް ކުޅުނު 92 މެޗުން އޭނާ ވަނީ 20 ގޯލް ކާމިޔާބުކޮށްދީފައެވެ. ފާއިތުވި ސީޒަންގައި ޗެލްސީ ކޮންފަރެންސް އުފުލާލުމަށް އޭނާ ވަނީ އެހީތެރިވެފައެވެ. ފާއިތިވި ސީޒަނުގައި 45 މެޗުން 11 ގޯލް އޭނާ ކާމިޔާބުކުރިއެވެ.
ނެދަލެންޑްސްގެ ޓީމާއެކު ޑަޗް ކަޕް ހާސިލްކުރުމުގެ ކުރިން އޭނާއަކީ ކްރިސްޓަލް ޕެލަސް އަދި ޓޮޓެންހަމް އެކަޑެމީގައި ތަމްރީން ހާސިލްކުރި ކުޅުންތެރިިއެކެވެ.
މަޑުއޭކޭ އާއެކު އާސެނަލްއިން ވަނީ މިފަހަރުގެ ޓްރާންސްފަރ މާކެޓްގައި އިތުރު ތިން ކުޅުންތެރިއެއްގެ ސޮއިވެސް ހޯދާފައެވެ. އެއީ ރެއާލް ސޮސިއެޑާޑްގެ މާޓިން ޒުބިމެންޑީއާއި, ބްރެންޑްފޯޑްގެ ކްރިސްޓިއަން ނޯގާޑް އަދި ކުރިން ޗެލްސީއަށް ކުޅުނު ކީޕަރު ކެޕާއެވެ.
ރިއެކްޝަންސް






