ގެދޮރުވެރިޔާ ސްކީމްގެ 4000 ފްލެޓްގެ އެއްބަސްވުމުގައިސޮއިކުރަން ފަށަނީ
ގެދޮއުވެރިޔާ ސްކީމްގެ ފްލެޓްތައް. ފޮޓޯ: އެފްޑީސީ

ގެދޮރުވެރިޔާ ސްކީމްގެ 4000 ފްލެޓްގެ އެއްބަސްވުމުގައިސޮއިކުރަން ފަށަނީ

ފްލެޓް ލިބޭ މީހުންގެ މައުލޫމާތު ފަހިދިރިއުޅުން ކޯޕަރޭޝަނާ ހިއްސާކުރަން ފަށައިފި

6 hours ago - 13:40
Jul 19, 2025 - 14:29
Advertisement
Advertisement

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅާފައިވާ 4000 ފްލެޓްގެ އެއްބަސްވުންތަކުގައި ސޮއިކުރަން ތައްޔާރުވެފައިވާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން, ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.

މިނިސްޓްރިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމުގެ އުސޫލާ އެއްގޮތަށް އަދި މިނިސްޓްރީން މިއަހަރުގެ މެއި މަހު ކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޔާއަތްކޮށް ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުން ހެދުމަށް ބޭނުންވާ މައުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އާ ހިއްސާކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމުގައެވެ.

އިއުލާނުގައި ބުނެފައިވާގޮތުން މިވަގުތަށް ސޮއިކުރުން ކުރިއަށްދާނީ މަސައްކަތްނިމި ހަވާލުކުރަން ތައްޔާރުކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެންނެވެ. އެގޮތުުން ސޮއިކުރުމާގުޅޭ ހުރިހާ މުއާމަލާތެއް ކުރަމުންދާނީ އެފްޑީސީން ކަމުގައިވެސް މިނިސްޓްރީގެ އިއުލާނުގައި ވަނީ ބުނެފައެވެ.

ސޮއިކުރުމުގެ މުއާމަލާތައް ހިންގާނި "ގެދޮރުވެރިޔާ ޕޯޓަލް" މެދުވެރިކޮށް ކަމަށާއި, ޕޯޓަލްއިން އެފަރާތަކަށް އެކަން ނާންގާނަމަ އެހެންގޮތަކުން އެންގޭ އެންގުންތަކަށް ސަމާޅުކަން ދިނުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޕޯޓަލްއިން ނާންގާ ފަރާތްތަކަށް މިނިސްޓްރީ ނުވަތަ އެފްޑީސީން ނުގުޅާނެ  ކަމަށައި އެފަދަ ކޯލްތަކާއެި އެސްއެމްއެސްތަކަށް ހުރިހާ ރައްޔިތުން ސަމާލުވުމަށް މިިނިސްޓްރީން ވަނި އެދިފައެވެ. 

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement