ހުރިހާ ރަހީނުން މިނިވަންކުރަން ހުށަހެޅި ހުށަހެޅުމަށް އިޒްރާއިލްއިން ނޫނެކޭ ބުނެފައިވާކަމަށް ހަމާސްއިން ބުނެފި
އާންމުކޮށްފައިވާ ވީޑިއޯގެ ސްކްރީން ޝޮޓެއް

ހުރިހާ ރަހީނުން މިނިވަންކުރަން ހުށަހެޅި ހުށަހެޅުމަށް އިޒްރާއިލްއިން ނޫނެކޭ ބުނެފައިވާކަމަށް ހަމާސްއިން ބުނެފި

7 hours ago - 15:37
Jul 19, 2025 - 15:49

ހުރިހާ ރަހީނުން މިނިވަންކުރާގޮތަށް ހަމަލާތައް އެށްކޮށް ހުއްޓާލުމަށް ހުށަހެޅި ޕްލޭނަަށް އިޒްރާއިލް އިން ނޫނެކޭ ބުނެފައިވާކަމަށް ހަމާސްއިން ބުނެފިއެވެ. ޣައްޒާގެ މުޖާހިދުންގެ ޖަމާއަތް, ހަމާސްގެ އަސްކަރީ ފިޔައިގެ ތަރުޖަމާނު އަބޫ އޮބައިދާ ބުނީ ހަމަލާތައް ހުއްޓާލަން އެއްބަސްނުވާނަމަ ދިގުދެމިގެންދާ ހަނގުރާމައަކަށްވެސް ހަމާސް އޮތީ ތައްޔާތަށް ކަމުގައެވެ. 

"އެއީ ހުރިހާ ރަޙީނުން އެއްފަހަރާ މިނިވަންކުރުމެ ޑީލްއެއް. އެކަމަކު ނަތަންޔާހޫ އާއި އޭނާގެ ކަނާތުފިޔާގެ މިނިސްޓަރުން ވަނީ އެ ހުށަހެޅުން ބޮލާލާ ޖަހާފައި" އިއްޔެ އާންމުކުރި 20 މިނިޓްގެ ވީޑިއޯގައި ހާމާސްގެ ހަނގުރާމައާ ގުޅޭ ބައި ޤައްސާމް ބްރީގޭޑްސްގެ ތަރުޖަމާނު ބުނެފައި ވެއެވެ.

އަބޫ އޮބައިދާ ބުނީ އޭގެން އެނގޭ ކަމަކީ އިޒްރާއިލްގެ އިންޓަރެސްޓަކީ ރަހީނުން މިނިވަންކުރުން ނޫންކަށެވެ. އަދި ހަމާސްއިން އެއްބަސްވާނީ އެއްކޮށް ހަމަލާތައް ހުއްޓާލުމަށް އެއްބަސްވާ ކަމުގައި ވާނަމަ ކަމަށް އަބޫ އޮބައިދާ ވަނީ ބުނެފައެވެ. ހަމާސްގެ ހުށަހެޅުމުގައި ވާގޮތުން ޣައްޒާގެ ބިންތަކުން އިޒްރާއިލްގެ އަސްކަރިއްޔާ އެއްކޮށް ފައިބާ ޣައްޒާގެ އާބާދީއާ އެކަށޭނެ ގޮތަށް އިންސާނީ އެހީ ޣައްޒާއަށް ފޯރުކޮށްދޭންވެސް އިޒްރާއިލްއިން އެެެއްބަސްވާންޖެހެއެވެ.

ހަމާސް އަދި މުޖާހިދުންގެ އެހެން ޖަމާއަތްތަކުގެ އަތްދަށުގައި މިހާރު ތިބި ރަހީނުންނަކީ މުޅިިންވެސް އިޒްރާއިލްގެ ސިފައިންނެވެ. ރަހީނުންގެ ގޮތުގައި 50 މީހުން އަދިވެސް ތިބިއިރު އޭގެތެރެއިން މިހާރު ދިތިރިބީ 20 މީހުންނެވެ.

Advertisement
Advertisement

ޤަތަރުގައި ޖޫން މަހުގެ މެދެއްހާ ހިސާބުން ފެށިގެން ކުރިއަށްދިޔަ މަޝްވަރާތަކުން އިޒްރާއިލް ވަނީ ވަކިވެފައެވެ. އެހެންކަމުން ހަމާސްއިންވެސް މިހާރު ބުނެފައިވަނީ ހުށަހަޅާފައިވާ ހުށަހެޅުމުން އެއްވެސްކަމެއް ދޫކޮށްލަށްޖެހޭ ގޮތަށް ހަމާސްއިން ދެން މަޝްވަރާގެ މޭޒަށް ނުދާނެ ކަމުގައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow