މީހަކަށް ވަޅިން ބިރުދައްކާ ފޭރުނު މައްސަލައަކާ ގުޅިގެން ހައްޔަރުކުރަން އުޅުނު ދެ މީހަކު ފުލުހުންނާވެސް ކުރިމަތިލައިފި
ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ކުށުގައި

މީހަކަށް ވަޅިން ބިރުދައްކާ ފޭރުނު މައްސަލައަކާ ގުޅިގެން ހައްޔަރުކުރަން އުޅުނު ދެ މީހަކު ފުލުހުންނާވެސް ކުރިމަތިލައިފި

އެމީހާ ވަނީ ހައްޔަރުކޮށްފަ

9 months ago - 15:49
Jul 19, 2025 - 15:49
Advertisement
Advertisement

މީހަކަށް ވަޅިން ބިރުދައްކާ ފޭރުނު މައްސަލައަކާ ގުޅިގެން ހައްޔަރުކުރަން އުޅުނު ދެމީހަކު ފުލުހުންނާވެސް ކުރިމަތިލައިފިއެވެ. ފުލުހުން މިއަދު ވިދާޅުވީ ހައްޔަރުކުރި މީހަކީ ހ.ލޮނުޒިޔާރަތް މަގުގައި ތޫނުއެއްޗަކުން މީހަކަށް ބިރުދެއްކުމަށްފަހު ތަނަކަށް ވައްދައިގެން ފޭރުނު މީހެއްކަމަށެވެ.

ފޭރުނީ 200 ރުފިޔާ ޓްރާންފަރ ކުރުވައިގެންނެވެ. މިމައްސަލަ ފުލުހުންނަށް ރިޕޯރޓް ކުރީ ރޭ 12 ޖަހަނިކޮށްކަމަށް އެއިދާރާއިން ވިދާޅުވިއެވެ. އެކަމަކު ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރީ އޭނާ ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ފުލުހުންނާ ކުރިމަތިލާ, މާރާމާރީ ހިންގުމުގެ ކުށުގައެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ބާރުގެ ބޭނުންކޮށްގެންނެވެ. ހައްޔަރުކުރީ ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގާ, ވާޖިބަށް ހުރަސްއެޅުމުގެ ކުށުގެ ތުހުމަތުގައެވެ.

އެދެމީހުން ހައްޔަރުކުރީ ފޭރުނު ސަރަހައްދުގެ ގެއެއްގައި ތިއްބައެވެ. މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement