ހަނގުރާމަ ފެށިފަހުން ޣައްޒާގެ ކިޔަވާކުދިން ފުރަތަމަ ފަހަރަށް އިމްތިހާނެއްގައި ބައިވެރިވެއްޖެ
ސުންނާފަތިކޮށްލާފައި ވާ ގެތަކުގެ ތެރޭގައި ޣައްޒާގެ ތިން ކުއްޖަކު ކިޔަވަނީ. ފޮޓޯ: އެރެބް ނިއުސް

ހަނގުރާމަ ފެށިފަހުން ޣައްޒާގެ ކިޔަވާކުދިން ފުރަތަމަ ފަހަރަށް އިމްތިހާނެއްގައި ބައިވެރިވެއްޖެ

ސެކަންޑަރީ ތައުލީމު ނިއްމާ ޔުނިވަރސިޓީއާ ގުޅުމުގެ އިމްތިހާނުގައި 1500 ދަރިވަރުން ބައިވެރިވި

5 hours ago - 17:16
Jul 19, 2025 - 17:19

މަތީ ތައުލީމު ޙާސިލްކުރުމަށް ޔުނިވަރސިޓީއަށް ވަނުމުގެ އުއްމީދުގައި ޣައްޒާގެ 1500 ކިޔަވާކުދިން ސާނަވީ ތައުލީމު ނިންމާ އިމްތިހާނުގައި ބައިވެރިވެފައިވާ ޣައްޒާގެ ތައުލީމާބެހޭ ވުޒާރާއިން ބުނެފިއެވެ. މިއީ 2023 އޮކްޓޯބަރު މަހު އިޒްރާއިލްއިން ޣައްޒާގައި ހަނގުރާމަ ފެށިފަހުން އެއްވެސް ސިފައެއްގައި ކިޔަވާކުދިންތަކެއް އިމްތިހާނެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

މިއަދު ބޭއްވި އިމްތިހާނުގައި ބައިވެރިވުމަށް މިނިސްޓްރީން ފުރުޞަތު ހުޅުވާލީ މިމަހު ކުރީކޮޅުއެވެ. އިމްތިހާނު ބައްވާފައިވަނީ އެކަމަށް ހާއްސަކޮށްފައިވާ ސޮފްޓްވެއަރ އެއް ބޭނުންކޮށްގެން އޮންލައިންކޮށެވެ. އިމްތިހާނު ހެދުމަށްބޭނުންވާ ޓެކްނިކަލް ހުރިހާ ކަމެއް ކޮށްފައިވަނީ މިނިސްޓްރީންނެވެ.

ބައެއް ކުދިން އެމީހުން ދިރިއުޅޭ ގެތަކުގައި އިމްތިހާނު ހަދާފައިވާއިރު ގިން އަދަދެއްގެ ދަރިވަރުން އިމްތިހާނާ ގުޅިފައިވަނީ އެވަގުތު ދަރިވަރުން ހިމާޔަތް ހޯދައިގެންތިބި ތަންތަނުންނާއި ޓެންޓްތަކުންނެވެ. ކޮންމެ ސަރަހައްދެއްގައި ތިބި ކުދިންނަށްވެސް ބައިވެރިވެވޭނެ އިންތިޒާމް މިނިސްޓްރީން ވަނިީ ހަމަޖައްސައިދީފައެވެ.

އެއްތަނެއްގައި ކުދިން ޖަމާކުރުމުގެ ވިސްނުން ދޫކޮށްލާ އޮންލައިންކޮށް އިންތިޒާމްތައް ރޭވީ އިޒްރާއިލްއިން ހުއްޓުމެއްނެތި ދޭ ހަމަލާތަކުގައި ގިނަ އަދަދެއްގެ ދަރިވަރުންގެ ފުރާނަ ރައްކާތެރިކުރުމުގެ ގަސްތުގައިކަމުގައި މިނިސްޓްރީން ވަނި ބުނެފައެވެ.

Advertisement
Advertisement

މިއީ އިޒްރާއިލްއިން  ޤާއިމްކޮށްފައިވާ ޣައްޒާ ބްލޮކޭޑް ހުރަސްކޮށް ޣައްޒާގެ ދަރިވަރުން ބޭރުގެ ޔުނިވަރސިޓީތަށް އެޕްލައިކުރުމާއި ސްކޮލަރޝިޕް ހޯދުމަށް ބޭނުންވާ ކްރައިޓީރިއާ ހިމެނޭ މުހިންމު އިމްތިހާނެކެވެ.

"ހަނގުރާމައިގެ މައިދާނުގެ މެދުގައި ފޮތެއް އަދި ކްލާސްރޫމެއް ނެތި, ކިރިޔާ އިންޓަރނެޓް ލިބޭ ނުލިބޭގައި ދަރިވަރުން ވަނީ އިމްތިހާން ހަދަން ތިބެވެންތިބިތާކަށް ގޮސް,އެތާނގައި ތިބެވެން ތިބި ގޮތަކަށްތިބެ, ހަނގުރާމަ އެމީހުންގެ މުސްތަޤުބަލު ފޮހެލަން ޖާގަނުދޭނެކަށް ސާބިތުކޮށްދީފައި" މެދުތެރޭ ދިއެރް އެލް ބަލްޙް އިން އަލްޖަޒީރާގެ ނޫސްވެރިޔާ ތާރެޤް އަބޫ އަޒޫމް ބުނެފައި ވެއެވެ.

ފަލަޞްޠީނަކީ ތައުލީމު އުގެނުމަށް ޙާއްސަ އިސްކަމެއްދޭ ރައްޔިތަކު ދިރިއުޅޭ ޤައުމެކެވެ. ޤަތުލްއާންމުގައި ޣައްޒާގެ ހުރިހާ ސްކޫލް/ޔުނިވަރސިޓީތަކެއް ބަންދުކޮށްފައިވާއިރު, ގިނަ ތަންތަންވަނީ އެއްކޮށް ސުންނާފަތިކޮށްލާފައެވެ.ހަނގުރާމަ ފެށިއިރު ޣައްޒާގައި 625,000 ކިޔަވާކުދިން ތިއްބެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow