މަސްތުވާތަކެއްޗާއެކު އަންހެން ފުލުހެއް ހައްޔަރުކޮށްފި
މައްސަލާގައި ހައްޔަރުކުރި ދެ މީހުން: ފޮޓޯ-ދިވެހި ފުލުހުންގެ ޚިދުމަތް

މަސްތުވާތަކެއްޗާއެކު އަންހެން ފުލުހެއް ހައްޔަރުކޮށްފި

މައްސަލާގައި އިތުރު މީހަކުވެސް ހައްޔަރުކުރި

5 hours ago - 18:02
Jul 19, 2025 - 18:04
Advertisement
Advertisement

މަސްތުވާތަކެއްޗާއެކު އަންހެން ފުލުހެއް ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެއްޗާއެކު ފުލުހުން ހައްޔަރުކުރި ފުލުހަކީ އދ. ކުނބުރުދޫ / ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ (31އ) އެވެ. މިމައްސަލާގައި އޭނާއާއެކު ހއ. ދިއްދޫ / ހަޒާރުމާގެ، ސައިފުﷲ އަޙްމަދު (26އ) ވެސް ފުލުހުން ހައްޔަރުކުރިއެވެ. މައްސަލައާ ގުޅިގެން އައިޝަތު ޝިޔާޒާ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާކަމަށް އެއިދާރާއިން ވިދާޅުވިއެވެ.

އެދެމީހުން ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާލޭގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. މިއީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށްވެސް އެޚިދުމަތުން ވިދާޅުވިއެވެ.

އެދެމީހުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ވިޔަފާރަވެރިންގެ މިސްކިތް ކައިރިންކަމަށް ފުލުހުން ވިދާޅުވިއެވެ. އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނުނު ކަމަށް ފުލުހުން ވިދާޅުވިއެވެ.

Advertisement
Advertisement

މިމައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އައިޝަތު ޝިޔާޒާ 5 ދުވަހަށް އަދި ސައިފުﷲ އަޙްމަދު 10 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

 ފުލުހުން ވިދާޅުވީ މައްސަލަ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement