ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ވަޤްފް އިމާރާތެއް އަޅަނީ
އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު: ފޮޓޯ-އިސްލާމިކް މިނިސްޓަރ

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ވަޤްފް އިމާރާތެއް އަޅަނީ

އިމާރާތް އަޅަނީ ކޮންޓްރެކްޓް ފައިނޭންސްގެ އުސޫލުން

1 month ago - 10:41
Aug 16, 2024 - 13:40
Advertisement

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ވަޤްފް އިމާރާތެއް އަޅަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. އެމިނިސްޓްރީން މިއަދު ވަނީ ކޮންޓްރެކްޓް ފައިނޭންސް އުޞޫލުން އެއިމާރާތް އަޅައިދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފައެވެ.

ގެޒެޓްގައިވާ އިއުލާނުގައިވާ ގޮތުން ހުޅުމާލެ ފުރަތަމަ ފޭސްގައި އަޅަނީ 12 ފަންގިފިލާގެ އިމާރާތެކެވެ. އެއިމާރާތަށް ކިޔަނީ 'ދާރުއް ސަލާމް' އެވެ. އިމާރާތް އެޅުމަށް ޝައުގުވެރިވާ ރާއްޖޭން ބޭރުގެ ފަރާތްތަކަށްވެސް ފުރުޞަތު ލިބޭ ގޮތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކަށް ދީފައިވަނި ސެޕްޓެމްބަރު 8 ވަނަ ދުވަހެވެ. އޭގެކުރިން މައުލޫމާތު ދިނުމުގެ ބައްދަލުވުން ބާއްވަން ވެސް ވަނީ ތާވަލް ކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހުޅުމާލޭގައި ވަޤްފް އިމާރާތެއް އަޅަނީ ވަޤްފްތައް އިތުރު ކުރުމުގެ ބޭނުމުގައި ކަމަށެވެ. ސަރުކާރުން ބުނެފައިވަނީ އަމާޒަކީ ކޮންމެ އަތޮޅެއްގައިވެސް ވަޤްފް އިމާރާތް އެޅުން ކަމަށެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement