ބްރިޖުން ދަތުރު ކުރުމުގައި ސަމާލުވޭ! ވަޔާއި ވެއްޔާއި ކުނި އެބައާދޭ
ބްރިޖާއި ހައިވޭ ސަރަހައްދަށް ރާޅާއެކު ވެލިއަރާފަ... ފޮޓޯ: ވަން އޮންލައިން

ބްރިޖުން ދަތުރު ކުރުމުގައި ސަމާލުވޭ! ވަޔާއި ވެއްޔާއި ކުނި އެބައާދޭ

ވަޔާއި ވެއްޔާއި ކުނި އަންނަމުންދާތީ ބްރިޖާއި ހައިވޭއިން ދަތުރުކުރުމުގައި ސަމާލުވުމަށް ފުލުހުން އެދިއްޖެ

8 months ago - 18:03
Dec 31, 2023 - 18:03
Advertisement

ގަދަ ވަޔާއެކު ކުރަމުންދާ ވިއްސާރަ އާ ގުޅިގެން ބްރިޖާއި ހައިވޭގައި ފެންބޮޑުވެ ވަޔާ ވެއްޔާއެކު ކުނި އަންނަމުންދާތީ ބްރިޖު އަދި ހައިވޭއިން ދަތުރު ކުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރައްވައިފިއެވެ.

އެކްސްގައި ފުލުހުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ގަދަވަޔާއެކު ކުރަމުން އަންނަ ވިއްސާރައިގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކަށް ހަތަރުފުރޮޅުލީ އުޅަނދު ބޭނުންކުރެއްވުމަށްވެސް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މުޅި ރާއްޖެއަށް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހެމުން އަންނައިރު މާލެއާ ހުޅުމާލޭގެ ބޮޑު ބައެއްގައި ވަނީ ފެންބޮޑު ވެފައެވެ.

Advertisement

ވިއްސާރައިގައި ފެންބޮޑުވެފައިވާ ބައެއް ސަރައްދުތަކުގައި ވެލިބަސްތާ ޖެހުމާއި ރައްޔިތުންނަށް އެހީތެރިކަންދިނުމުގައި ފުލުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement