ރަހާގެ މޫނު ފުރަތަމަ ފަހަރަށް ދައްކާލައިފި
ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ އާލިއާ ބަޓާއި ރަންބީރު ކަޕޫރު އެމީހުންގެ އަންހެން ދަރިފުޅު ރަހާގެ މޫނު ދުނިޔެއަށް ފުރަތަމަ ފަހަރަށް ހާމަކޮށްފިއެވެ.
ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ އާލިއާ ބަޓްއާއި ރަންބީރު ކަޕޫރު އެމީހުންގެ އަންހެން ދަރިފުޅު ރަހާގެ މޫނު އާންމުންނަށް ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ.
މުމްބާއީގެ ޖުހޫގައި ބޭއްވި ހަފްލާއަށް ގޮސް އެ ދެމަފިރިން ވަނީ ރަހާގެ އަތުގައި ހިފައިގެން ނެގި ފޮޓޯ އާންމުކޮށް ދައްކާލާފައެވެ.
ޕަޕަރާޒީންނަށް ރަހާ ދައްކަމުން ދެމަފިރިން ވަނީ ފޮޓޯއަށް ހިނިތުންވެލާފައެވެ.
ރަހާގެ މޫނުފެނުމުން ގިނަބަޔަކު ބުނަނީ ރަހާގެ މޫނު ވައްތަރީ ރަހާގެ ބޮޑުދައިތަ ކަރީނާ ކަޕޫރުއާ ކަމަށެވެ.
ނަމަވެސް ރަހާގެ ލޮލުގެ ކަޅި ވައްތަރީ ރަހާގެ ކާފަޔާ ކަމަށެވެ.
މި އަހަރުގެ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހު އެ ދެމަފިރިން ވަނީ އަންހެން ދަރިފުޅުގެ ފުރަތަމަ އުފަން ދުވަސް ފާހަގަކޮށްފައެވެ.
ރިއެކްޝަންސް