އިންޑިޔާއަކީ ރާއްޖޭގެ ތަރައްޤީގައި އިތުބާރު ކުރެވޭ ބައިވެރިއެއް- ރައީސް މުއިއްޒު
ރައީސް މުއިއްޒުއާއި އިންޑިޔާގެ ބޮޑުވަޒީރު މޯދީ ރާއްޖޭގައި: ފޮޓޯ-ރައީސް އޮފީސް

އިންޑިޔާއަކީ ރާއްޖޭގެ ތަރައްޤީގައި އިތުބާރު ކުރެވޭ ބައިވެރިއެއް- ރައީސް މުއިއްޒު

8 months ago - 14:54
Aug 15, 2025 - 14:59
Advertisement
Advertisement

އިންޑިޔާއަކީ އަބަދުވެސް ރާއްޖޭގެ ތަރައްޤީގައި އިތުބާރު ކުރެވޭ ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ އިންޑިޔާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ތަހުނިޔާގެ މެސެޖްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަރައްޤީގެ މަޝްރޫއު ތަކާއި ދެގައުމުގެ ރައްޔިތުންގެ ގުޅުމުން އެކަން ހާމަވާކަމަށެވެ. ދެގައުމުގެ މެދުގައި އޮތީ ވަރުގަދަ ގުޅުމެއްކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.

އިންޑިޔާގެ 79 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އެގައުމުގެ ރައީސް އަށާ ބޮޑު ވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވަނީ ފޮނުއްވާފައެވެ. ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހަށް ޖުލައި 25 ވަނަ ދުވަހު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެން ދެގައުމުގެ މެދުގައި ރަސްމީ ވާހަކަތައް ކުރިއަށް ގެންދެވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement