އިޒުރޭލްގެ އަނިޔާވެރިކަމާ ދެކޮޅަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެތައް ހާސް ބަޔަކު އެއްވެއްޖެ
ފަލަސްތީނުގެ ހައްގުގައި އަޑުއުފުލަން ބޭއްވި މާލޭގައި އެއްވުމުގެ ތެރެއިން: ފޮޓޯ-މިހާރު

އިޒުރޭލްގެ އަނިޔާވެރިކަމާ ދެކޮޅަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެތައް ހާސް ބަޔަކު އެއްވެއްޖެ

4 hours ago - 19:30
Aug 15, 2025 - 19:30
Advertisement
Advertisement

އިޒުރޭލްގެ އަނިޔާވެރިކަމާ ދެކޮޅަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެތައް ހާސް ބަޔަކު އެއްވެ ޝުޢޫރު ފާޅުކޮށްފިއެވެ.

ދުރާލާ އިޝްތިހާރުކޮށްގެން ބޭއްވި ބޮޑު އެއްވުން މާލޭގައި އޮތީ މާފަންނު ޓާރފް ދަނޑުގައެވެ. ރާއްޖޭގެ ގިނަ ދީނީ ޢިލްމްވެރިންނާއި, ޖަމްއިއްޔާތައް ހިމެނޭ ގޮތަށް ވަރަށްގިނަ ބަޔަކު އެއްވެސް ޝުޢޫރު ފާޅުކުރިއެވެ. އަމިއްލަ ހައިސިއްޔަތުން އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދުވެސް އެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުންވެސް ބައެއް ވަޒީރުން އެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެތެރޭގައި ފޮރިންގ މިނިސްޓަރާއި, ޑިފެންސް މިނިސްޓަރާއި, ޓްރާންސްޕޯރޓް މިނިސްޓަރާއި, ދިވެހި ބަހާއި ޘަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހިމެނިވަޑައިގަންނައެވެ. ވަރަށް ގިނަ އަދަދެއްގެ ޢާއްމުންވެސް އެއްވުމުގައި ބައިވެރިވިއެވެ.

އެއްވި މީހުން ވަނީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާވެރިކަން ކުށްވެރިކޮށް, އެކަމާ ދެކޮޅަށް އަޑު އުފުލާފައެވެ.

Advertisement
Advertisement

މާލޭގެ އިތުރުން ވަރަށް ގިނަ ރަށްތަކުގައިވެސް އެއް ވަގުތެއްގައި އެއްވުން ބާއްވާ އަޑު އުފުލިއެވެ. މިއެއްވުން ސިފަކުރަނީ ފަލަސްތީނުގެ ރައްޔިތުންނަށްޓަކާ ދިވެހި ރައްޔިތުން ބޭއްވި އެއްވުމުގެއް ގޮތުގައެވެ.

ފަލސްތީނަށް އެހީ ފޯރުކޮށް ދިނުމަށް ބޯޑަރުތައް ހުޅުވާލުމަށާއި, ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް އެއްވުމުގައި ގޮވާލިއެވެ. އަދި އިޒުރޭލްގެ އަނިޔާވެރި އަމަލުތައް ކުށްވެރިކުރިއެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement