ރައީސްގެ ދެކަނބަލުން ރަސްމީ ދަތުރުފުޅެއްގައި ޗައިނާ އަށް ފުރާވަޑައިގަންނަވައިފި

ރައީސްގެ ދެކަނބަލުން ރަސްމީ ދަތުރުފުޅެއްގައި ޗައިނާ އަށް ފުރާވަޑައިގަންނަވައިފި

ރައީސްގެ ދެކަނބަލުން ރަސްމީ ދަތުރުފުޅެއްގައި ޗައިނާ އަށް މިރޭ ފުރާވަޑައިގަންނަވައިފި

8 months ago - 06:24
Jan 9, 2024 - 00:23

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ރަސްމީ ދަތުރުފުޅެއްގައި ޗައިނާ އަށް މިރޭ ފުރާވަޑައިގެންފިއެވެ.

ރައީސް ކުރައްވާ މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ހިމެނިވަޑައިގަންނަވައެވެ.

އަދި އާބަންކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒުލް ރަޝީދާއި ޕްރިންސިޕަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހު އާއި ރައީސް އޮފީހުގެ ބައެއް މިނިސްޓަރުން ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ދިވެހި ބައެއް ނޫސްވެރިންނާ އެކުގައި ރައީސް ޗައިނާ އަށް ވަޑައިގަންނަވާ އިރު، އެނގިފައިވާ ގޮތުގައި، ރައީސް ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހެވެ.

ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow