ފޫޖިއަންގެ ލީޑަރުންނާއި ޕްރޮވިންސްގެ ގަވަރނަރާ ރައީސް ބައްދަލުކުރައްވައިފި

ފޫޖިއަންގެ ލީޑަރުންނާއި ޕްރޮވިންސްގެ ގަވަރނަރާ ރައީސް ބައްދަލުކުރައްވައިފި

ޗައިނާގެ ފޫޖިއަން ޕްރޮވިންސްގެ ލީޑަރުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރައްވައިފި

8 months ago - 22:57
Jan 8, 2024 - 23:57

 ޗައިނާގެ ފޫޖިއަން ޕްރޮވިންސްގެ ލީޑަރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ސަގާފަތާއި ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާ ކަމަށް ފޫޖިއަން ޕްރޮވިންސްގެ ލީޑަރުން ވިދާޅުވެއްޖެއެވެ.

މީގެއިތުރުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިންވެސްޓް މޯލްޑިވްސް ފޯރަމަށް ފަހު ދިވެހިރާއްޖެއާއެކު އިންވެސްޓްމަންޓްގެ ދާއިރާއިން މިހާރަށްވުރެ އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި، އެ ޤައުމާއެކު ތަފާތު ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

Advertisement

 އަދި ފުރަމާނަ ދަތުރުފުޅެއްގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވި ޤައުމަކަށް ޗައިނާ ވެގެންދިއުމަކީ ދިވެހިރާއްޖެއާއި އެ ޤައުމާ ދެމެދު އޮންނަ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމަށްފަހު ފޫޖިއާން ޕްރޮވިންސްގެ ލީޑަރުންވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި މަރުޙަބާގެ ޖާފަތެއް ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow