
ހީކުރިގޮތާއި ޚިލާފަށް މުލަ ރޯދަ ދުވަހު ކަރަންޓް ބޭނުންކުރި އަދަދު ދިޔައީ ދަށަށް
ރޯދަމަހުގެ ފުރަތަމަ ދުވަހު ކަރަންޓް ބޭނުންކުރި އަދަދު ދިޔައީ ދަށަށްކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ މި ރޯދަމަހުގެ ފުރަތަމަ ދުވަހު، އެންމެ ޕީކް ގަޑީގައި މާލޭގައި ބޭނުންކުރީ 78 މެގަވޮޓުގެ ކަރަންޓު ކަމަށާއި، މިއީ އާދައިގެ ދުވަސްތަކާ އަޅާބަލާއިރު ދަށް އަދަދެއްކަމަށެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި ރޯދަމަހުގެ ފުރަތަމަ ދުވަހު މާލެ އާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރި އަދަދު ދަށްވި ސަބަބަކީ އެދުވަހު އާދަޔާއި ޚިލާފަށް ވިއްސާރަވުމާއި، ސްކޫލުތަކާއި އޮފީސްތައް ބަންދު ދުވަހަކަށް އެދުވަސް ވުމެވެ.
ސްޓެލްކޯއިން ބުނިގޮތުގައި އެންމެ ޕީކް ގަޑިކަމަށްވާ ހަވީރު 4-5 އާ ދެމެދު ކަރަންޓު ބޭނުންކުރި މިންވަރު ހުރީ 78-77 މެގަވޮޓާ ދެމެދުގައެވެ. އެހެންނަމަވެސް ހަވީރު ހައެއްގެ ފަހުން ކަރަންޓު ބޭނުންކުރާ އަދަދު ވަނީ 68 އަށް ވެއްޓިފައި ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯ އިން ބުނެފައިވަނީ، ރޯދަ މަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ އަދަދު އެވްރެޖްކޮށް ހުރީ 100 މެގަވޮޓުން މަތީގައި ކަމަށެވެ.
މދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ރޯދަ މަހުގެ ކަރަންޓު ބިލުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.
ރިއެކްޝަންސް






