ޕާކް ކުރާނެ ޖާގަނެތުމުން ސްޓިކާޖެހުން މަޑުޖައްސާލައިފި
ޕާކް ކުރާނެ އެކަށީގެންވާ ޖާގަނެތުމުން ސްޓިކާޖެހުން މަޑުޖައްސާލާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ޕާކް ކުރާނެ އެކަށީގެންވާ ޖާގަނެތުމުން ސްޓިކާޖެހުން ވަގުތީ ގޮތުން މަޑުޖައްސާލާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވަނީ ޓްރެފިކް ބެލެހެއްޓުން ހަރުދަނާ ކުރަން ގެނައި ބަދަލުތަކުގެ ތެރެއިން މާލޭގެ ބައެއް ސަރަހައްދުތަކުގައި ޕާކު ކުރުން މަނާކޮށްފައެވެ.
މީގެ އިތުރުން ފުލުހުން ވަނީ ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގެ މަގުތަކުގައި ބަރު އުޅަނދުތައް ޕާކު ނުކުރަން ވެސް އިލްތިމާސްކޮށްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކެމްޕެއިންގައި ޕާކިން ބިލްޑިންތައް އަޅައިގެން މި ފަސް އަހަރުގެ ތެރޭގައި ޕާކު ކުރާނެ ޖާގައިގެ މައްސަލަ ހައްލުކުރާނެ ކަމަށް ވައުދުވެވަޑައިގެންންފައިއެވެ.
އަދި ކުރީ ސަރުކާރުގައި ކޮށްފައި ހުރި ހުރިހާ ޕާކިން ޖޫރިމަނާތަކެއް މާފުކޮށްދެއްވައި ޕާކު ކުރާނެ ތަނެއް ނުދައްކައި ޖޫރިމަނާ ކުރި މައްސަލައިގައި ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޕާކު ކުރާނެ ޖާގައިގެ މައްސަލަ ހައްލުކުރާނެ ކަމަށް ކުރީގެ ސަރުކާރުން މަސައްކަތް ކުރިނަމަވެސް ފަސް އަހަރުގެ ތެރޭގައި އެކަމުގައި ހައްލެއް ލިބިފައެއް ނުވެއެވެ.
ރިއެކްޝަންސް