އަނެއްކާވެސް ޕީއެސްއެމްއިން މަޢާފަށް އެދިއްޖެ
އިނގިރޭސި ޚަބަރެއްގެ ސެގްމަންޓެއްގައި ބޭއަދަބީ މަންޒަރެއް ހިމެނިގެން ޕަބްލިކް ސަރވިސް މީޑިޔާއިން މަޢާފަށް އެދިއްޖެއެވެ. އެކުންފުނިން މަޢާފަށް އެދުނީ ޕީއެސްއެމް ނިއުސްގެ އަންގާރަ ދުވަހުގެ އިނގިރޭސި ޚަބަރުގެ ސެގްމަންޓެއްގައި ބޭ އަދަބީ މަންޒަރެއް ދެއްކިގެންނެވެ.
ސޯޝަލް މީޑިޔާގައި އެމަންޒަރުގެ ވާހަކަ ސަމާލުކަމަށް ގެނެސް ފާޑުކިޔަމުން ދަނިކޮށް, އެކަން ގަބޫލުކޮށް ޕީއެސްއެމްއިން މަޢާފަށް އެދެމުން ބުނީ އެއީ ކޮންޓެންޓް ޕޮލިސީ އާއި އެޑިޓޯރިއަލް ޕޮލިސީއާވެސް ހިލާފް ސީރިއަސް މައްސަލައެއް ކަމަށެވެ. އެކަމުގައި ޝާމިލްވާ ފަރާތްތަކާމެދު އަޅަން ޖެހޭ ހަށުކަށި ފިޔަވަޅު އަޅާނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ޕީއެސްއެމްގެ ބަޔާނުގައި ބުނެފައިވަނީ އެކަން ބެލުމަށްފަހު އެކަމުގައި ޝާމިލްވާ ދެ މުވައްޒަފަކު މިހާތަނަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އެފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ސެކްޝަންތަކުގައި މިހާރު ހުރި އެސްއޯޕީތައް އިސްލާހުކޮށް, ކުންފުނީގެ އޮޕަރޭޝަނަލް ކަންކަން ތަރުތީބު ކުރަމުންދާކަމަށް ޕީއެސްއެމްއިން ބުންޏެވެ.
މިދިޔަ ހަފްތާގައި ޕީއެސްއެމް އިން ވަނީ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއްގައި ގުރުއާން ކިޔަވަމުން ދިޔައިރު ގުރުއާނުގެ ކަލިމައެއްގެ އަޑު ކެނޑުނު މައްސަލައެއްގައިވެސް މަޢާފަށް އެދިފައެވެ.
ރިއެކްޝަންސް