ރައީސް މުއިއްޒު މާއެނބޫދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުއްވައިދެއްވައިފި
ދ.މާއެނބޫދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް ހުޅުއްވައިދެއްވުން / ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު މާއެނބޫދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުއްވައިދެއްވައިފި

1 year ago - 11:26
Feb 24, 2025 - 11:35
Advertisement
Advertisement

ދ. މާއެނބޫދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.

ރައީސް މި އިމާރާތް ހުޅުއްވައި ދެއްވީ މިހާރު އެމަނިކުފާނު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މާއެނބޫދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި މިއަދު މި ހުޅުވި އައު އިމާރާތާއި އެކު މުޅިން އަލަށް ފަސް ޚިދުތެއް އެމަރުކަޒުން ދޭން ވަނީ ފަށާފައެވެ. މި އައު ޚިދުމަތްތަކަކީ އާންމު ސިއްޙަތުގެ ޚިދުމަތްތަކާއި، ދުންފަތުގެ އިސްތިޢުމާލު ކުރާ ފަރާތްތަކަށް ބޭނުންވާ ފަރުވާގެ އިތުރުން، ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާދޭ ކްލިނިކުގެ ޚިދުމަތާއި، މާބަނޑު މީހުންނަށް ޚާއްޞަ ކްލިނިކެއްގެ ޚިދުމަތާއި، އަދި ކުޑަކުދިންގެ ބަލިތަކަށް ފަރުވާދޭ ކްލިނިކެއްގެ ޚިދުމަތް ހިމެނެއެވެ.

މީގެ އިތުރުން މި އިމާރާތުގައި މެޑިކަލް އަދި އެހެނިހެން ތަކެތި ސްޓޯކުކުރެވޭނެ ޖާގައާއި ކޮންފަރެންސް ހޯލެއްވެސް ހިމެނެއެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުއެވެ.

މިއަދު މި އައު އިމާރާތް ހުޅުއްވައި ދެއްވުމަށް ފަހު ރައީސުލްޖުމުހޫރިއްޔާ ވަނީ އެތަން ބައްލަވާ ލައްވާފައެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement