
ހައިކޯޓްގެ އިސްފަނޑިޔާރަކަށް ފައިސަލް
ހައިކޯޓްގެ އިސްފަނޑިޔާރުކަމަށް އަލްއުސްތާޛު މުޙައްމަދު ފައިސަލް އައްޔަންކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމަވައިފިއެވެ. އެކަން ހައިކޯޓުންވެސް ވަނީ ޔަގީންކޮށްދީފައެވެ.
ހައިކޯޓްގެ އިސްފަނޑިޔާރު ކަމުގެ މަގާމް ހުސްވީ އެމަގާމްގައި ހުންނެވި އަލްއުސްތާޟު ހުސައިން ޝަހީދު ސްޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ. ހައިކޯޓްގެ އިސް ފަނޑިޔާރުކަމަށް ހުޅުވާލެއްވުމުން ފައިސަލްއާއެކު ދެ ބޭފުޅުން ކުރިމަތިލެއްވިއެވެ.
ފައިސަލް ހައިކޯޓްގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ 2018 ވަނަ އަހަރު ރައީސް ޔާމީންގެ ދައުރުގައެވެ.
ރިއެކްޝަންސް






