ކޮމިޓީން ފާސްކުރި ގޮތަށް އިޒްރޭލް ޕާސްޕޯޓާ ގުޅޭ ބިލް ތަޅުމުންވެސް ފާސްކޮށްފި
ފަލަސްޠީނުގެ ރައްޔިތުންގެ ދިފާއުގައި ދިވެހިންގެ އެއްވުމެއް: ފޮޓޯ-އިލްމް

ކޮމިޓީން ފާސްކުރި ގޮތަށް އިޒްރޭލް ޕާސްޕޯޓާ ގުޅޭ ބިލް ތަޅުމުންވެސް ފާސްކޮށްފި

1 day ago - 11:11
Apr 15, 2025 - 11:11
Advertisement
Advertisement

ރައްޔިތުންގެ މަޖިލިހުގެ 241 ކޮމިޓީން ފާސްކުރި ގޮތަށް, އިޒްރޭލް ޕާސްޕޯޓާ ގުޅޭ ބިލް ތަޅުމުންވެސް ފާސްކޮށްފި އެވެ. ތަޅުމުން ބިލް ފާސްކުރީ ކޮމިޓީން ފާސްކުރި ގޮތަށް އިތުރު އެއްވެސް ބަދަލެއް ނުގެނެހެވެ.

ބިލް ފާސްކުރެއްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 83 މެމްބަރުންގެ އިއްތިފާގުންނެވެ.

ތަޅުމުގައި ބިލަށް ބަހުސްކުރަން ދިން އެއް ގަޑިއިރުގެ ތެރޭގައި ބިލް ހުށަހެޅުއްވި ގަލޮޅު ދެކުނުދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ ބިލް ފާސްކޮށްފައި ވަނީ ދިވެޖިރައްޔިތުންގެ ރޫހާ ހިލާފަށް, ބިލް ހުށަހެޅުއްވި މަޤްސަދާވެސް ހިލާފަށް ކަމަށެވެ. އޭނާގެ މައިގަނޑު ކަންބޮޑުވުމަކީ އިޒްރޭލް ރައްޔިތުންނަށްވެސް އެހެން ގައުމެއްގެ ޕާސްޕޯރޓްގައި ރާއްޖެ އެތެރެވެވޭގޮތަށް އޮތުމެވެ. އަދި ލާއިންސާނީ އަނިޔާ ހުއްޓާލިކަން ކަނޑައަޅަނީ ކޮންބައެއްތޯވެސް މީކާއީލް ސުވާލު އުފެއްދެވިއެވެ.

ބިލްގައި އޮތީ އިޒްރޭއީލްގެ ލާއީންސާނީ އަމަލުތައް ހުއްޓާލަންދެން, އިޒްރޭލް ޕާސްޕޯރޓްގައި ރައްޖެ އެތެރެވުން މަނާވާނެ ކަމަށެވެ. މީކާއީލްގެ ކަންބޮޑުވުންތަކާ ގުޅިގެން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ފާހަގަކުރެއްވީ ޑުއަލް ޕާސްޕޯރޓް ގެންގުޅޭ ފަރާތްތައް ފާހަގަނުކުރެއްވޭނެ ކަމަށް އިމިގްރޭޝަނުން ކޮމިޓީ މަރުހަލާގައި ލަފާދީފައިވާ ކަމަށެވެ. ޕީއެންސީގެ މެމްބަރުން ފާހަގަކުރެއްވީ އެމްޑީޕީން އެބިލް ހުށަހެޅުއްވުމުގައިވެސް އެއްވެސް ހެޔޮ ނިޔަތެއް ނެތް ކަމަށެވެ.

Advertisement
Advertisement

އެމްޑީޕީގެ ސަރުކާރުގައި, މަޖިލިހުގެ ސުޕަރ މެޖޯރިޓީ އޮވެމެ, އިޒްރޭލް ޕާސްޕޯރޓް މަނާކުރަން ނުކެރުނު ކަމަށާއި އެކަން ކުރެއްވީ ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ މިސަރުކާރުންކަމަށް ޕީއެންސީ މެމްބަރުން ވިދާޅުވިއެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement