ތުރުކީގައި ރާއްޖޭގެ އެމްބަސީ ހުޅުވައިފި
ތުރުކީގައި ހުޅުވި ރާއްޖޭގެ އެމްބަސީ: ފޮޓޯ-ފޮރިންގ މިނިސްޓްރީ

ތުރުކީގައި ރާއްޖޭގެ އެމްބަސީ ހުޅުވައިފި

ތުރުކީއަށް ރާއްޖެއިން ފުރަތަމަ ހައިކޮމިޝަނަރެއް އައްޔަންކުރެއްވީ މިދައުރުގައި

1 year ago - 09:57
Apr 15, 2025 - 09:57
Advertisement
Advertisement

ތުރުކީގައި ރާއްޖޭގެ އެމްބަސީ ހުޅުވައިފިއެވެ. އެމްބަސީ ހުޅުއްވައިދެއްވީ ފޮރިންގ މިނިސްޓަރ ޑރ.ޢަބްދުالله ޚަލީލް އެވެ. މިރަސްމިއްޔާތުގައި ތުރުކީން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ހައިކޮމިޝަނަރ ލެފްޓިނެންޓް ޖެނެރަލް ރިޓަޔަޑް އަބްދުއްރަހީމް އަބްދުއްލަތީފް އާއި ތުރުކީގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް މެހްމަތު ނޫރީ އެރްސޮއި ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ފޮރިންގ މިނިސްޓްރީން ވިދާޅުވީ ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމަކީ ދެގައުމުގެ ގުޅުން ބަދަހިވުމަށް އެޅުނު ތާރީޚި ފިޔަވަޅެއް ކަމަށެވެ. މިސަރުކާރު އިންތިޚާބުވީ ފަހުން ތުރުކީއާ ވަރަށްގާތް ގުޅުމެއް ވަނީ ބަދަހިވެފައެވެ. ތުރުކީން ރާއްޖެއަށްދޭ އެހީތައްވެސް ވަނީ އިތުރުވެފައެވެ.

ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމާ ގުޅިގެން ދެގައުމުގެ އިގްތިސާދުގެ އިތުރުން ފަތުރުވެރިކަމާއި, ސަގާފަތާ ތައުލީމީ ގުޅުންތައްވެސް ބަދަހިވެގެންދާނެކަން ފޮރިންގ މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement