ޓިކްޓޮކްގެ ސީނިއަރ ޓީމެއް ރާއްޖެ އައިސް ފައިސާ ހޯދޭނެ ގޮތުގެ މަޝްވަރާތައް ފަށައިފި
ރާއްޖެއައި ޓިކްޓޮކްގެ ސީނިއަރ ޓީމް: އިކޮނޮމިކް މިނިސްޓްރީ

ޓިކްޓޮކްގެ ސީނިއަރ ޓީމެއް ރާއްޖެ އައިސް ފައިސާ ހޯދޭނެ ގޮތުގެ މަޝްވަރާތައް ފަށައިފި

12 months ago - 09:39
Apr 15, 2025 - 09:40
Advertisement
Advertisement

ޓިކްޓޮކްގެ ސީނިއަރ ޓީމެއް ރާއްޖެ އައިސް އެޕްލެޓްފޯމް މެދުވެރިކޮށް ރާއްޖޭގައި ތިބެގެން ދިވެހިންނަށް ފައިސާ ހޯދޭނެ ގޮތުގެ މަޝްވަރާތައް ފަށައިފިއެވެ. އިކޮނޮމިކް މިނިސްޓްރީން މިއަދު ވިދާޅުވީ އެމަޝްވަރާތައް އިއްޔެ ކުރިއަށް ގެންދަވާފައިވާ ކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ މަޝްވަރާތައް ބިނާކުރެއްވީ ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާމަގުތައް ހުޅުވާލުމާ ގުޅޭގޮތުން ކަމަށެވެ. ޓިކްޓޮކް ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ޒުވާނުންނަށް ފައިސާ ލިބޭނެ މަގުތައް ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ވައުދެކެވެ. އެފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް އުފެއްދުންތެރި އިގްތިޞާދަކަށް ފުރުޞަތު ފަހިކޮށްދެއްވުމަކީ ރައީސްގެ ވައުދެކެވެ. މަޝްވަރާތައް ކުރިއަށް ގެންދެވީ އެވައުދު ތަންފީޒުކުރެއްވުމުގެ ގޮތުންކަން މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

ވީޑިއޯ އަޕްލޯޑްކުރެވޭ އެންމެ މަޤްބޫލް އެއް ޕްލެޓްފޯމް މެދުވެރިކޮށް ސީދާ ގޮތެއްގައި ފައިސާ ހޯދޭނެ މަގުތައް އޮތަސް އެފުރުޞަތު ރާއްޖެއަކަށް އަދި ނެތެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement