ޓްރާންސްފޯމަރަކަށް ގެއްލުންދިން މީހަކު ހުއްޓުވި ސްޓެލްކޯ މުވައްޒަފަކު ޒަޚަމްކޮށްލައިފި
ޓްރާންސްފޯމަރަށް ގެއްލުންދީފަ: ފޮޓޯ-ސްޓެލްކޯ

ޓްރާންސްފޯމަރަކަށް ގެއްލުންދިން މީހަކު ހުއްޓުވި ސްޓެލްކޯ މުވައްޒަފަކު ޒަޚަމްކޮށްލައިފި

1 year ago - 06:21
Jan 15, 2025 - 06:22
Advertisement
Advertisement

 

ޓްރާންސްފޯމަރަކަށް ގެއްލުންދިން މީހަކު ހުއްޓުވި ސްޓެލްކޯ މުވައްޒަފަކު ޒަޚަމްކޮށްލައިފިއެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވަން އުޅުނު ސްޓެލްކޯގެ މުވައްޒަފެއްގެ ގައިގަ ޖަހާ މާރާމާރީ ހިންގާފައިވާ ކަމަށެވެ.

އެހެންނަމަވެސް ޓްރާންސްފޯމަރަށް ގެއްލުންދީ މާރާމާރީ ހިންގި މީހާ ފުލުހުންނާއި ހަވާލު ކުރެވިފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ. ގެއްލުންދީ ވައްކަން ކުރަން އުޅުނީ ހުޅުމާލޭގެ ޓްރާންސްފޯމަރަކުންނެވެ. ޓްރާންސްފޯމަރަށް ގެއްލުންދިނުމާއި  ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް  ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނެވެ.

ޓްރާންސްފޯމަރުތަކަށް ގެއްލުންދީ, ވައްކަން ކުރުމުގެ މައްސަލަތައް ދަނީ ގިނަވަމުންނެވެ. އެފަދަ ވައްކަން ކުރަން އުޅުމުގެ ތެރޭގައި ކަރަންޓްގައި ޖެހި މަރުވެސް ވަނީ ވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement