މެޑިކަލް ރިޕޯރޓްތަކުގައިވާގޮތުން އަތުހަރުގެ ހާލަތު ރަނގަޅު- ފުލުހުން
ހައްޔަރުކުރި އަތުހަރު

މެޑިކަލް ރިޕޯރޓްތަކުގައިވާގޮތުން އަތުހަރުގެ ހާލަތު ރަނގަޅު- ފުލުހުން

އަތުހަރު ހުރީ ފުލުހުންގެ ހައްޔަރުގައި

16 days ago - 16:02
Advertisement

އަންހެނަކު ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި އަލީ އަތުހަރުގެ ހާލަތު ރަނގަޅު ކަމަށް މެޑިކަލް ރިޕޯރޓްތަކާ ހަވާލާދީ ފުލުހުން ބުނެފިއެވެ.

ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލުމުން ފުލުހުން ވަނީ މިއަދު ހެނދުނު އޭނާ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ މިހާތަނަށް ހެދި މެޑިކަލް ޓެސްޓްތަކާއި ސީޓީ ސްކޭންގެ ނަތީޖާއަށް ބަލާއިރުވެސް 32 އަހަރުގެ ޒުވާނާގެ ހާލަތު ރަނގަޅު ކަމަށެވެ.

ސައިކޭޓްރިސްޓް އާއި ނާރުގެ ޚާއްޞަ ޑޮކްޓަރަށް ދެއްކުމުންވެސް މައްސަލައެއް ނެތްކަމަށް ބުނެފައިވާކަން ފުލުހުން ފާހަގަކުރިއެވެ. ފުލުހުން ބުނީ އޭނާއަށް އައިސީޔޫގައި ފަރުވާ ދިނުމަށް އެއްވެސް ޑޮކްޓަރަކު މިހާތަނަށް ރެކޮމެންޑް ކޮށްފައި ނުވާކަމަށެވެ. ފިޓްޖެހުނު ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ފުލުހުން ބުނީ އެކަން ޑޮކްޓަރުގެ އެއްވެސް ލިޔުމެއްގައި މިހާތަނަށް ފާހަގަކޮށްފައި ނުވާކަމަށެވެ.

އަތުހަރު ފުލުހުން ހައްޔަރުކުރީ އަންހެނަކު ރަހީނުކޮށް, އޭނާ ކަރުގައި ވަޅި ޖައްސައިގެން ނިކުމެ ސައިކަލްގައި ނައްޓާލި ފަހުން ބަރުގެ ބޭނުން ކޮށްގެންނެވެ. އަންހެން މީހާއަށް ބިރު ދައްކާ އޭނާ ލައްވާ ސައިކަލް ދުއްވަމުން ދިޔައީ ކަރުގައި ވަޅި ޖައްސައިގެންނެވެ.

Advertisement

ފުލުހުން އަންހެން މީހާ ސަލާމަތް ކުރީ ސައިކަލްގައި ދަމުން މަޑުކޮށްލި ވަގުތު ފަހަތުން އައި ފުލުސް އޮފިސަރުންގެ ތެރެއިން އޮފިސަރަކު އަތުހަރުގެ ބޮލުގައި މުގުރުން ޖަހާ, ބާރުގެ ބޭނުން ކޮށްގެންނެވެ. ބާރުގެ ބޭނުން ކުރުމުން އަތުހަރަށް އަނިޔާބެ ހޮސްޕިޓަލުން ފަރުވާ ހޯދިއެވެ.

އަންހެން މީހާއަށް އަތުހަރު އަނިޔާކޮށްފައިވާތީ އޭނާއަށްވެސް ހޮސްޕިޓަލްގައި ފަރުވާ ދިނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement