ފުވައްމުލަކުގައި ފުޓްސަލް ދަނޑަކާއި ހޭންޑްބޯޅަ ކޯޓެއް އަޅަން ބަޔަކާ ހަވާލުކޮށްފި

ފުވައްމުލަކުގައި ފުޓްސަލް ދަނޑަކާއި ހޭންޑްބޯޅަ ކޯޓެއް އަޅަން ބަޔަކާ ހަވާލުކޮށްފި

21 hours ago - 13:58
Advertisement
Advertisement

ފުވައްމުލަކު ސިޓީގައި ކުޅިވަރުގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ގޮތުން، އެ ސިޓީގައި ފުޓްސަލް ދަނޑަކާއި ހޭންޑްބޯޅަ ކޯޓެއް އެޅުމުގެ މަސައްކަތް ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.


މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަލީ ނިޒާރުއެވެ. އަދި ޕްރޮކްސީ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝާހިދުއެވެ.


މި އެއްބަސްވުމުގެ ދަށުން، ފުވައްމުލަކު ހޭންޑްބޯޅަ ކޯޓު ތަރައްގީކުރުމަށް ހަވާލުކޮށްފައިވަނީ 1،997،595.71 (އެއް މިލިއަން ނުވަލައްކަ ނުވަދިހަ ހަތްހާސް ފަސްސަތޭކަ ނުވަދިހަ ފަސް ރުފިޔާ، ހަތްދިހަ އެއް ލާރި) އަށެވެ. އަދި ފުޓްސަލް ދަނޑު ތަރައްގީކުރުމަށް ހަވާލުކޮށްފައިވަނީ 2،079،384.71 (ދެ މިލިއަން ހަތްދިހަ ނުވަހާސް ތިންސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ، ހަތްދިހަ އެއް ލާރި) އަށެވެ. މި ދެ މަސައްކަތް ވެސް 90 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.


ރާއްޖޭގައި ކުޅިވަރުގެ އުމްރާނީ ވަސީލަތްތައް ތަރައްގީކޮށް، ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިހާރުވެސް ރާއްޖޭގެ 15 ރަށެއްގައި ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތާއި، 3 ރަށެއްގައި ހޭންޑްބޯޅަ ކޯޓު ތަރައްގީކުރުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement