ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ޑރ. އަޙްމަދު ރިޔާޒް އައްޔަނުކުރައްވައިފި
ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ޑރ. އަޙްމަދު ރިޔާޒް އައްޔަނުކުރައްވައިފިއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކުރި ގޮތުގައި، އެ މަޤާމަށް ޑރ. އަޙްމަދު ރިޔާޒް އައްޔަނުކުރައްވާފައި ވަނީ 23 އޮގަސްޓް 2026 އިން ފެށިގެންނެވެ.
ތަފާސްހިސާބުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ބިއުރޯއާ ގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގަންނަވާނީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރެވެ. އަދި ބިއުރޯ ހިންގުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަވާނީ މާލީ ވަޒީރުގެ ލަފާފުޅުގެ މަތިން ޗީފް ސްޓެޓިސްޓީޝަނެވެ.
މި ޤާނޫނުގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ޤައުމުގެ އިޤްތިޞާދީ، އިޖްތިމާޢީ އަދި ތިމާވެށީގެ ޙާލަތު ދެނެގަތުމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް އެއްކޮށް، އެއްހަމައެއްގައި އިތުބާރު ހުރި ގޮތެއްގައި ރައްޔިތުންނަށާއި ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ.
ރިއެކްޝަންސް





