ތައިލޭންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި 30 ދުވަހު ތިބެވޭ ގޮތަށް ހަމަޖައްސައިފި

ތައިލޭންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި 30 ދުވަހު ތިބެވޭ ގޮތަށް ހަމަޖައްސައިފި

2 days ago - 14:57
Advertisement
Advertisement

ތައިލޭންޑްގެ ވިސާ ޕޮލިސީއަށް ގެނައި ބަދަލުތަކާ ގުޅިގެން، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި 30 ދުވަހުގެ މުއްދަތަކަށް ތިބެވޭނެ އިންތިޒާމު ހަމަޖެހިއްޖެ ކަމަށް ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.


ތައިލޭންޑް ސަރުކާރުގެ ކެބިނެޓުން މި އަހަރުގެ މެއި މަހުގެ ތެރޭގައި ވަނީ އެ ގައުމުގެ ވިސާ ޕޮލިސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، 93 ގައުމެއްގެ ފަތުރުވެރިންނަށް ވިސާއާ ނުލައި އެ ގައުމުގައި ތިބެވޭ މުއްދަތު 60 ދުވަހަށްވުރެ ކުޑަކުރުމަށް ނިންމާފައެވެ. މި ބަދަލުތައް ތައިލޭންޑް ސަރުކާރުން އޮގަސްޓް 31، 2026 ގައި ރަސްމީކޮށް ގެޒެޓްކޮށްފައިވާއިރު، އައު އުސޫލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 15 އިން ފެށިގެންނެވެ.


ޚާރިޖީ ވުޒާރާއިން ވިދާޅުވީ، ތައިލޭންޑުގެ އައު އުސޫލު އެންމެ ފުރަތަމަ އެކުލަވާލިއިރު، ދިވެހިރާއްޖެ ހިމެނިފައި އޮތީ ވިސާއާ ނުލައި އެންމެ 15 ދުވަހު ތިބެވޭ ގައުމުތަކުގެ ލިސްޓުގައި ކަމަށެވެ. އެހެންކަމުން، ޖޫން 19، 2026 ގައި މިނިސްޓަރު އިރުތިޝާމް އާދަމް ވަނީ ތައިލޭންޑްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ސީހާސަކް ފޫވަންގްގެޓްގޭއޯއާ ފޯނުން ގުޅުއްވައި، ދިވެހިންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.


ދެ ގައުމުގެ ޚާރިޖީ ވަޒީރުންގެ މެދުގައި ދެކެވުނު މި ވާހަކަތަކަށްފަހު، ޖުލައި މަހުގެ 14 ވަނަ ދުވަހު ތައިލޭންޑުން ވިސާ ޕޮލިސީ އަލުން މުރާޖާކުރިއެވެ. އަދި އެ ނިންމުމުގެ ދަށުން، ދިވެހިންނަށް ވިސާއާ ނުލައި ތައިލޭންޑުގައި ތިބެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދީފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement