ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު ނަޖާހު ވަކިކޮށްފި

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު ނަޖާހު ވަކިކޮށްފި

7 hours ago - 18:52
Advertisement
Advertisement

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ނަޖާހު އެ މަގާމުން ވަކިކޮށްފިއެވެ.


ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އިއުލާނުކުރި ގޮތުގައި، ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގެ އިތުރުން އެ ކުންފުނީގެ ބޯޑު މެންބަރުކަމުގެ މަގާމުން ވެސް މިއަދުން ފެށިގެން ނަޖާހު ވަނީ ވަކިކޮށްފައެވެ. ނަމަވެސް، އޭނާ މަގާމުން ވަކިކުރި ސީދާ ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.


ހ. ޔެލޯރޯޒް 2، މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު ފެނަކައިގެ އެމްޑީގެ މަގާމަށް އައްޔަންކުރެވުނީ 23 ޑިސެމްބަރު 2024 ގައެވެ. އޭނާ މި މަގާމަށް އައްޔަންކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި މުއާޒް މުހައްމަދު ރަޝީދު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.


މުއާޒް މުހައްމަދު ރަޝީދު މަގާމުން އިސްތިއުފާ ދެއްވީ، ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ކުރަންޖެހޭ ހަރަދުތައް ބޮޑުވުމުގެ ސަބަބުން، ދެމެހެއްޓެނެވި ގޮތެއްގައި ހިދުމަތް ފޯރުކޮށްނުދެވޭނެ ހާލަތަކަށް ކުންފުނީގެ އޮޕަރޭޝަންތައް ވެއްޓިފައިވާ ކަމަށް ވިދާޅުވަމުންނެވެ.

އަދި އެ މަގާމުގައި ހުރެގެން ކުންފުނީގެ ހާލަތު ރަނގަޅު ކުރެވޭނެ އިތުރު އަލިމަގެއް ފެންނަން ނެތް ކަމަށް ވެސް އޭނާ އޭރު ފާހަގަކުރައްވާފައިވެއެވެ. ނަޖާހު މަގާމުން ވަކިކުރުމާ ގުޅިގެން، ފެނަކައިގެ ހިންގުމަށް ގެންނާނެ ބަދަލުތަކާ މެދު ސަރުކާރުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement