ޔޫއޭއީގެ ސަފީރު މުންދު އާއި ޖެނީވާގެ ސަފީރު ސަލްމާ މަގާމުން  ވަކިކޮށްފި

ޔޫއޭއީގެ ސަފީރު މުންދު އާއި ޖެނީވާގެ ސަފީރު ސަލްމާ މަގާމުން ވަކިކޮށްފި

6 hours ago - 19:49
Apr 6, 2026 - 19:52
Advertisement
Advertisement

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކޮށްފިއެވެ.


މި ދެ ބޭފުޅުން މަގާމުން ވަކިކުރިކަން "ޚަބަރު" އަށް ކަށަވަރުވެފައިވީ ނަމަވެސް، ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ރަސްމީކޮށް އަދި މިކަން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުގައިވާ ސަފީރުންގެ ލިސްޓުން މުންދުގެ ނަން މިހާރު ވަނީ އުނިކޮށްފައެވެ.


މުންދާއި ސަލްމާ މަގާމުން ވަކިކޮށްފައި މިވަނީ، މުންދުގެ މަންމަ އަދި ސަލްމާގެ ދައްތަ އަސްމާ ރަޝީދު، ސަރުކާރު ހިންގާ ޕީއެންސީއަށް ވޯޓު ނުދިނުމަށް އެދި މީހަކާ ވާހަކަދައްކަވާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުވެފައިވާ ދަނޑިވަޅެއްގައެވެ. އެ އޯޑިއޯގައި އަސްމާ ރަޝީދު ވަނީ މިހާރުގެ ސަރުކާރަށާއި ޕީއެންސީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.


މީގެ އިތުރުން، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވެސް މިއަދު ވަނީ މަގާމުން ވަކިކޮށްފައެވެ. ނަޖާހު މަގާމުން ވަކިކުރިއިރު، އޭނާއާ ގުޅޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއްގެ އަޑުތައް ފަހަކަށް އައިސް ވަނީ ގަދަވެފައެވެ.


ސަރުކާރުގެ މަތީ މަގާމުތަކަށް މިއަދު މި ގެނައި ބަދަލުތަކާ ގުޅޭގޮތުން ރަސްމީ އިދާރާއަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement