ސަރަޙައްދީ ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށް ޤަޠަރުން  ކުރާ މަސައްކަތަށް ރާއްޖޭގެ ތާއީދު ލިބޭނެ- ރައީސް
ރައީސް މުއިއްޒު ޤަޠަރުގެ އަމީރާ ބައްދަލުކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

ސަރަޙައްދީ ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށް ޤަޠަރުން ކުރާ މަސައްކަތަށް ރާއްޖޭގެ ތާއީދު ލިބޭނެ- ރައީސް

ޤަޠަރަށް ދޭން ޖެހޭނީ ޙަމަލާ އެއް ނޫން, ހައްގުަނީ ތައުރީފް

2 hours ago - 00:44
Sep 16, 2025 - 00:44
Advertisement
Advertisement

ސަރަޙައްދީ ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށް ޤަޠަރުން  ކުރާ މަސައްކަތަށް ރާއްޖޭގެ ފުރިހަމަ ތާއީދު އަބަދުވެސް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ޤަޠަރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޤަޠަރުގެ އަމީރު، ޝައިޚް ތަމީމް ބިން ހަމަދު އަލްޘާނީއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން އޮތީ ޤަޠަރުގައި ހުންނަ ޝެރަޓަން ދޯހާ ހޮޓެލްގައެވެ.

ދެބޭފުޅުންގެ ބައްދަލުކުރެއްވުމުގައި، އިސްރާއީލުން ޤަޠަރަށް ދާދި ފަހުން ދިން ޢުދުވާނީ ޙަމަލާގައި އެތައް ބަޔަކު މަރުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެއިން ޤަޠަރުގެ ސަރުކާރާއި، ރައްޔިތުންނާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމި އޮންނާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ޤަޠަރުގެ އިސްތިޤުލާލަށް ނުރައްކާވުން ކުށްވެރިކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރަޙައްދީ ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށް ޤަޠަރުން ކުރާ މަސައްކަތްތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު ލިބެމުންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ޢަރަބި - އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓެއް ބޭއްވެވިކަމަށްޓަކައި ޤަޠަރުގެ ލީޑަރޝިޕަށް ތަޢުރީފުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަލަސްޠީނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ޤަޠަރުން ކުރަމުންދާ މަސައްކަތްތައްވެސް ފާހަގަކުރައްވައި، ޝުކުރު އަދާކުރައްވާފައެވެ.

Advertisement
Advertisement

މީގެ އިތުރުން، ދޭދޭ މަސްލަހަތު ހިމެނޭ ކަންކަމުގައި ހަރުދަނާ ގޮތެއްގައި، އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުންވެސް ދެ ޤައުމުގެ ލީޑަރުން މަޝްވަރާ ކުރެއްވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އަދި އެކި ދާއިރާތަކުން ޤަޠަރުން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އެއްބާރުލުމަށްޓަކައި، ޤަޠަރުގެ އަމީރަށް، ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

އިސްރާއީލުން ޤަޠަރަށް ދިން ހަމަލާއަކީ އެ ޤައުމުގެ އިސްތިޤުލާލަށް އަރައިގަތުން ކަމަށް ސިފަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއީ ޢަރަބި އަދި އިސްލާމީ އެންމެހައި ޤައުމުތަކުގެ ކަރާމާތް ނަގާލުމަށް ދިން ހަމަލާއެއް ކަމަށެވެ. ޤަޠަރުގެ ވެރިރަށް ދޯހާގައި މިހާރު ކުރިއަށްދާ ޢަރަބި - އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށެވެ. އެއީ ސީދާ ސުލްޙައަށް ދިން ހަމަލާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ޣައްޒާގެ މައްސަލައަށް ސުލްޙަވެރި ހައްލެއް ހޯދުމުގައި މުހިންމު މެދުވެރިއެއްގެ ދައުރު އަދާކުރާ ޤަޠަރަށް ދޭން ޖެހޭނީ ޙަމަލާ އެއް ނޫންކަމަށާއި، އެ ޤައުމަށް ޙައްޤުވަނީ، އެކުރާ މަސައްކަތުގެ އަގުވަޒަންކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އިސްރާއީލުން މަސައްކަތްކުރަނީ ސުލްޙަ އަށް ކުރާ މަސައްކަތްތަކަށް ހުރަސް އަޅައި، ސަރަޙައްދީ ހަމަޖެހުމަށް ލޮޅުންއެރުވުމަށް ކަމަށްވެސް ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement