ޗެރިޓީ ޝީލްޑް މާޒިޔާއިން ދިފާއުކޮށްފި
މާޒިޔާ ކޯޗު ޗެރިޓީ ޝީލްޑް އުފުލާލަނީ: ފޮޓޯ-މާޒިޔާ

ޗެރިޓީ ޝީލްޑް މާޒިޔާއިން ދިފާއުކޮށްފި

8 months ago - 00:51
Sep 16, 2025 - 00:52

ފުޓްބޯޅަ ސީޒަން ފަށަން ކުޅުނު ޗެރިޓީ ޝީލްޑް މާޒިޔާއިން ދިފާއުކޮށްފިއެވެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ރަސްމީ ބޯޅަ ނުކުޅެ ދޮޅު އަހަރެއްހާ ދުވަސް ފަހުން ސީޒަން ފަށަން ކުޅުނު މެޗު މާޒިޔާ ކާމިޔާބުކުރީ އީގަލްސްއާ ވާދަކޮށް 2-0 ނެވެ.

މެޗުގެ ފުރަތަމަ ހާފްގެ ފަހު މިނިޓްގައި މާޒިޔާއަށް ލީޑް ނަގައިދިނީ އަހުމަދު އައިހަމް އެވެ. ދެވަނަ ލަނޑު ދެވަނަ ހާފްގައި ނާއިޒު ހަސަން (ދާދު) ޖެހީ އައިހަމް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އައިހަމްއެވެ.

ޗެރިޓީ ޝީލްޑްގެ އެންމެ ކާމިޔާބު ޓީމުން ޗެރިޓީ ފައިސާ ހަދިޔާކުރީ ލޯފަން ކުދިންގެ ޖަމްއިއްޔާއަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow