ޕީއެސްޖީގެ ކާމިޔާބީ ފާހަގަކުރަން ޕެރިހުގަ ބޭއްވި ހަރަކާތްތަކުގައި ދެމީހަކު މަރުވެ އެކަކު ކޯމާގައި
ޕީއެސްޖީގެ ސަޕޯޓަރުންގެ އުފާފާޅުކުރުމުގެ ހަފްލާއެއްގެ ތެރެއިން. ފޮޓޯ: އޭއެފްޕީ

ޕީއެސްޖީގެ ކާމިޔާބީ ފާހަގަކުރަން ޕެރިހުގަ ބޭއްވި ހަރަކާތްތަކުގައި ދެމީހަކު މަރުވެ އެކަކު ކޯމާގައި

ކޯމާގައި އޮތީ ޕޮލިސް އޮފިސަރެއް

2 days ago - 16:34
Jun 1, 2025 - 16:34

ޕެރިސް ސެއިންޓް ޖެމައިން (ޕީއެސްޖީން) ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕޕިއަންސް ލީގު ހޯދުމާގުޅިގެން ވެރިރަށް ފެރިހުގައި ބޭއްވި އުފާފާޅުކުރުންތަކުގައި ދެމީހަކު މަރުވެ އެކަކު ކޯމާއަކަށް ގޮސްފައިވާކަމަށް ޕެރިހުގެ އިދާރާތަކުން ބުނެފިއެވެ. 

މަރުވެފައިވަނީ ޕީއެސްޖީގެ ދެ ސަޕޯޓަރުންނެވެ. އަދި ކޯމާގައި އޮތީ ފުލުސް އޮފިސަރެކެވެ.

މަރުވި މީހުންގެ ތެރެއިން 17 އަހަރުގެ ކުއްޖާ މަރުވެފައިވަނީ ޕެރިސްގެ ޑެޒް ސިޓީގައި އޮތް 'ސްޓްރީޓް ޕާޓީ' އެއްގައި ވަޅި ޖަހައިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށްކަމަށް ފްރާންސްގެ ފުލުހުން ވަނީ ބުނެފައެވެ.

ދެވަނަ މީހާ މަރުވެފައިވަނީ  ޕީއެސްޖީގެ ސަޕޯޓަރުން އުފާފާލުކުރަމުންދިޔަ ސަރަހައްދެއްގައި އޭނާ ދުއްވި ސުކޫޓަރު ކާރެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ކަމުގައި ފްރާންސްގެ އިންޓީރިއާ މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.

Advertisement
Advertisement

މި ދެ މަރުވެސް ފްރާންސްގެ ފުލުހުން ދަނީ ތަޙްޤީގު ކުރަމުންނެވެ.

ފުލުހުންގެ އޮފިސަރަށް ކޯމާގައި ފަރުވާދެމުންދަނީ ފްރާންސްގެ އުތުރުގެ އަވަށެއްގައި އުފާފާލުކުރުމުގެ ގޮތުން އެރުވި ހަވާގެ ބައެއް ގައިގައި ޖެހި އޮފިސަރުގެ ލޯ ވަރަށް ބޮޑަށް ޒަހަމްވުމާ ގުޅިގެން ކަމުގައި ފްރާންސްގެ ފުލުުހުންނާ ހަވާލާދީ އީއެސްޕީއެންގައި ބުނެފައި ވެއެވެ.

އުފާފާޅުކުރުންތައް ފެށިގެންދިޔައީ ވަރަށް އަމާންކޮށްނަމަވެސް ބައެއް ސަރަހައްދުތަކުގައި ބޭއްވި އެއްވުންތަކުގައި ހަމަނުޖެހުންހިނގާ އެތައް ސަތޭކަ ބަޔަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow