ޔޫރޯ މެޗުތައް ފޯނުން ވަގުތުން ބެލޭނެގޮތް ޕީއެސްއެމުން ހަދައިފި

ޔޫރޯ މެޗުތައް ފޯނުން ވަގުތުން ބެލޭނެގޮތް ޕީއެސްއެމުން ހަދައިފި

5 months ago - 23:39
Jun 20, 2024 - 23:44

ޖަރުމަންވިލާތުގައި މިހާރު ކުރިއަށްދާ "ޔޫރޯ 2024"ގެ މެޗުތައް ފޯނުން ހިލޭ ވަގުތުން ބެލޭނެގޮތް ޕީއެސްއެމުން ހަދައިފިއެވެ.

"ޕީއެސްއެމް އެއަރ" ގެ ނަމުގައި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އުފެއްދި މިއެޕްލިކޭޝަން ތައާރަފް ކޮށްދެއްވީ ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރު އާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޔާމިން ރަޝީދެވެ.

ވީހާވެސް ގިނަބަޔަކަށް ފަސޭހަކަމާއެކު ޔޫރޯ މެޗުތައް ކޮންމެ ތަނެއްގައި ތިބެގެން ވެސް ބެލޭނެފުރުޞަތު ހޯދައިދިނުމުގެ ގޮތުން،ޕީއެސްއެމުން ތަޢާރަފްކުރި މިއެޕްލިކޭޝަން އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކުން މިހާރު ޑައުންލޯޑް ކުރެވޭނެކަމަށް ޕީއެސްއެމުން ބުނެއެވެ.

ޕީއެސްއެމުން ތައާރަފްކުރި މި އެޕްލިކޭޝަނުން ޕީއެސްއެމްގެ ޗެނަލްތަކުގެ ތެރޭގައި ހިމެނޭ، ޓީވީއެމް، ޔެސްޓީވީ އަދި ޕީއެސްއެމް ނިއުސް ވަގުތުން ބަލާލެވޭނެ އެވެ. އަދި ޕީއެސްއެމްގެ ރޭޑިއޯ ޗެނަލުތަކުގެ ތެރޭގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑާއި، ދިވެހި އެފްއެމް އަދި ދީނުގެ އަޑުވެސް އަޑު އަހާލެވޭނެ ކަމަށް ޕީއެސްއެމުން ބުނެއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow