
ފުލުގައި އޮތް ޕްލައިމަތުން އަތުން ބަލިވެ ބޮޑު ޝޮކަކާއެކު ލިވަޕޫލް އެފްއޭ ކަޕުން ބޭރު
އެފްއޭ ކަޕްގެ ހަރަތުވަނަ ބުރުގައި އާދިއްތަ ދުވަހު ޕްލައިމައުތް އާގައިލޭގެ އަތްދަށުވެ ބޮޑު ޝޮކަކާއެކު ލިވަޕޫލް މުބާރާތާ އަލްވަދާއު ކިޔަންޖެހިއްޖެއެވެ. ލިވަޕޫލް ކެޓީ ހާވީ އެލިއޮޓްގެ އަތުން ބޯޅައިގައި ޖެހުމާ ގުޅިގެން ލިބުނު ޕެނަލްޓީ 53 ވަނަ މިނިޓްގައި ރާޔަން ހާޑީ ކާމިޔާބުކޮށް 1-0 ގެ ނަތީޖާ އަކުންނެވެ.
މިއީ ޕްރިމިއަރ ލީގުގެ ތާވަލްގެ އެއްވަނައިގައި އޮތް ޕިވަޕޫލް މިސީޒަންގައި ކުޅުނު ހުރިހާ މެޗެއްގެ ތެރެއިން ބަލިވި ހަތަރުވަނަ މެޗެވެ. ޕްލައިމައުތަކީ މުބާރާތުގެ އެންމެ ފުލުގައި އޮތް ޓީމެވެ.
ސިޒަންގައި ހަތަރު ތަށި ހޯދުމުގެ އަމާޒު ހިފާފައިވާ ލިވަޕޫލް އެފްއޭ ކަޕުން ކަޓުވާލުމަކީ ޕްލައިމައުތުގެ ފުޓްބޯޅާއިގެ ތާރީޚްގައިވެސް އެ ކްލަބް ހޯދި އެންމެ މަޝްހޫރު ކާމިޔާބީ ކަމަށް ޓީމުން ވަނީ ސިފަކޮށްފައެވެ.
ލިވަޕޫލް މެޗަށް ނިކުތީ މުހިއްމު ގިނަ ކުޅުންތެރިންތަކަނަށް އަރާމުކުރަން ފުރުޞަތު ދީފައެވެ. މިސީޒަންގައި ލިވަޕޫލްއަށް ގިނަ ގޯލްތަކެއް ކާމިޔާބުކޮށްދީފައިވާ މުޙައްމަދު ޞަލާޙް އަދި ވާޖިލް ވެންޑައިކް, ރާޔަން ގްރަންވެންބާޗް އާއި ކޯޑީ ގަޕްކޯވެސް މިއަދުގެ މެޗުން ފެނިގެން ގޮސްފައެއް ނުވެއެވެ. ކަރަބޯ ކަޕްގައި ބުރާސްފަތި ދުވަހު ކުޅުން ސްކޮޑަށް ދިހަ ބަދަލެއް ކޯޗު ވަނީ މިއަދުގެ މެޗަށް ގެނެސްފައެވެ.
އެފްއޭ ކަޕުން ކެޓުމާ ގުޅިގެން ކޯޗު އާނެ ސްލޮޓް ބުނެފައިވަނީ މިއީ ވަރަށް ބޮޑު ޝޮކެއް ކަމަށާއި, އެފްއޭ ކަޕުން ވަކިވުމާއެކު 'ވަރަށް ބޮޑަށް ހިތްދަތިވެފައި' ހުރި ހަމަށެވެ.
"އެއީ ޕްލައިމައުތަށް ރަނގަޅު މެޗެއް. ރަނގަޅު ގޭމް ޕްލޭނެއް. މިއަދުގެ މެޗުން މޮޅުވުމުގެ ހުރިހާ ކްރެޑިޓެއް އެމީހުންނަށް ހައްޤު" އައިޓީވީ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވއެވެ.
ސްލޮޓް އިތުރަށް ބުނީ އެހެންނަމަވެސް މިއީ ލިވަޕޫލްއަށް ވަރަށް ދެރަ ދުވަހެއް ކަމަށާއި, ނަމަވެސް ކުޅުންތެރިން މަސައްކަތް ނުކުރާ ކަމުގައި އޭނާ ނުބުނާނެ ކަމުގައެވެ. މެޗުގެ ނަތީޖާ ކަނޑައެޅީން ޕްނަލްޓީން ކަމުގައިވެސް ސޮލޮޓްވަނީ ބުނެފައެވެ. އޭނާ ވަނީ އެއީ ރަނގަޅަށް ދިން ޕެނަލްޓީއެއް ކަންވެސް ފާހަގަކޮށްފައެވެ.
ރިއެކްޝަންސް






