
ބީއެމްއެލްއިން ގްރީން ރިސޯރޓް ފައިނޭންސިންގ ތަޢާރަފްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގްރީން ރިސޯރޓް ފައިނޭންސިންގ ތަޢާރަފްކޮށްފި އެވެ. މިއީ ރާއްޖޭގެ ރިސޯރޓްތަކުން ހިންގާ ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެއްޓާ ރަށްޓެހި މަޝްރޫއުތަކަށް މާލީ އެހީތެރިކަން ދޭން އަލަށް ތަޢާރަފްކުރީ ސްކީމެކެވެ.
ގްރީން ރިސޯރޓް ފައިނޭންސިންގ ތަޢާރަފްކުރީ ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި މަޓީގެ އަހަރީ ޢާއްމު ޖަލްސާގައެވެ. ޚިދުމަތް ތަޢާރަފްކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް އާއި ކްރައުން އެންޑް ޗަމްޕާ ރިސޯރޓްގެ ޗެއަރމަން ޗަމްޕާ ހުސައިން އަފީފެވެ.
މިފެސިލިޓީގެ ދަށުން އަހަރަކު 6.5 އިންސައްތައިގެ ކުޑަ އިންޓަރެސްޓް ރޭޓެއްގައި 50 މިލިއަން ރުފިޔާއާ ހަމައަށް އެހީ ދޭނެއެވެ. އަނބުރާ ދެއްކުމަށް ވަނީ ލުއިގޮތްތަކެއް ހަމަޖައްސާފައެވެ. އެގޮތުން ކާޑް މެޝިނުން ރިސޯރޓަށް ލިބޭ ފައިސާއިން އަނބުރާ ދެއްކުމުގެ ފަސޭހަ ގޮތްތައް ހަމަޖައްސައިދޭން ބޭންކުން ވަނީ ނިންމާފައެވެ.
މިފެސިލިޓީގެ ދަށުން ރިސޯރޓް ހިންގާ ރަށްތަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި, އެނާޖީ އެފިޝިއަންޓް ސާމާނު ހޯދަން އެހީވެދޭނެއެވެ. އަދި ކުނިމެނޭޖްކުރުން ފަދަ ދެމެހެއްޓެނިވި މަޝްރޫއުތަކަށްވެސް އެހީވެދޭނެ އެވެ.
ރިއެކްޝަންސް






