ގއ.އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކޮށްފި
ކޮނޑޭގައި ކޮންސްޓަކްޝަން މިނިސްޓަރ ޚިދުމަތް ފައްޓަވައިދެއްވަނީ: ފޮޓޯ-ބީއެމްއެލް

ގއ.އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކޮށްފި

6 hours ago - 12:49
Sep 11, 2025 - 12:49

ގއ.އަތޮޅުގެ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްގެ ޚިދުމަތް ގާއިމްކޮށްފިއެވެ.

ގއ.އަތޮޅުގައި އެންމެ ފަހުން ޚިދުމަތް ފެށީ ކޮނޑޭ އާއި ކަނޑުހުޅުދޫގައެވެ. އެދެރަށުގައި ޚިދުމަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ.އަބްދުالله މުއްޠަލިބެވެ. އެދެރަށުގައި ޚިދުމަތް ފެއްޓެވުމާއެކި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ ގއ.އަތޮޅުގެ އެއްވެސް ރަށެއްގެ ރައްޔިތަކު ފައިސާ ނެގުމާއި ޖަމާކުރަން އެހެން ރަށަކަށް ދާން ނުޖެހޭނެ ކަމަށެވެ.

"މިއަދުން ފެށިގެން ފައިސާ ނެގުމާއި ޖަމާކުރުމަށް ގއ.އަތޮޅުގެ އެއްވެސް ރަށެއްގައި ދިރިއުޅޭ މީހަކު އެހެން ރަށަކަށް ދަތުރުކުރަން ނުޖެހޭނެ" ޝަރީފް ވިދާޅުވިއެވެ.

ގއ.އަތޮޅަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރި 11 ވަނަ އަތޮޅެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމް ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. މިމަޝްރޫއު ކުރިއަށް ގެންދަނީ މުޅި ރާއްޖެއަށް ބީއެމްއެލްގެ އޭޓީއެމް ޝިޢާރުގެ ދަށުންނެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow