
ބީއެމްއެލްގެ އޮންލައިން ބައެއް ޚިދުމަތްތައް މިރޭ ވަގުތީގޮތުން މެދުކެނޑޭނެ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިރޭ ދަންވަރު ބައެއް އޮންލައިން ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
ބީއެމްއެލްގެ ރަސްމީ "އެކްސް" އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ މެއިންޓަނަންސް މަސައްކަތެއްގެ ސަބަބުން މިރޭ ދަންވަރު 2:00 އާއި 4:00 އާ ދެމެދު އިންޓަނެޓް ބޭންކިންގ އާއި މޮބައިލް އެޕްގެ ޚިދުމަތްތައް 60 މިނެޓަށް މެދުކެނޑޭނެ ކަމަށެވެ.
ނަމަވެސް، ބޭންކުގެ އޭޓީއެމްތަކާއި، ޕޮސް މެޝިންތަކާއި، ޕޭމަންޓް ގޭޓްވޭއާއި، ކާޑު ޚިދުމަތްތަކުގެ އިތުރުން ޑޮލަރު ބުކްކުރާ ޕޯޓަލްގެ ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ ކަމަށް ބޭންކުން ބުނެފައިވެއެވެ.
ކުޑަވަގުތު ކޮޅަކަށް ނަމަވެސް އޮންލައިން ޚިދުމަތް މެދުކެނޑި، ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ބޭންކުން ވަނީ ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފައެވެ.
ރިއެކްޝަންސް






