މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަން ހުރަސްކޮށްފި
ރާއްޖޭގެ ރަށެއްގައި ފަތުރުވެރިއަކު ޗުއްޓީ ހޭދަކުރަނީ: ފޮޓޯ-ޙަފްޞީ

މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަން ހުރަސްކޮށްފި

4 hours ago - 10:54
Sep 8, 2025 - 10:54

މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަން ހުރަސްކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން ޢާއްމުކުރާ ޑެއިލީ ރިޕޯރޓްގައިވާ ގޮތުން މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 1,520,699 އެވެ.

މިދިޔަ އަހަރު ޑިސެމްބަރުގެ ނިޔަލަށްވެސް ޒިޔާރަތްކުރީ 2,046,615 ފަތުރުވެރިންނެވެ. އެހެންކަމުން މިއަހަރު ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވުމުގެ ފުރުޞަތު ބޮޑެވެ. ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އެކަނިވެސް 33,773 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތަށް ބަލާއިރު %9.7 ގެ ކުރިއެރުމެކެވެ.

މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ބަލާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނައިގައި އޮތީ ޗައިނާއެވެ. ދެވަނައިގައި ރަޝިޔާއެވެ. ތިންވަނައިގައި އިނގިރޭސިވިލާތް, ހަތަރު ވަނައިގައި އިޓަލީ އަދި ފަސްވަނައިގައި ޖަރުމަނެވެ. އިންޑިޔާ އޮތީ ހަވަނައިގައެވެ.

މިއަހަރު މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ %73.4 މީހުން އައީ ރިސޯރޓްތަކަށެވެ. ގެސްޓްހައުސް ތަކަށް އައީ %21.9 ފަތުރުވެރިންނެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow