ހިޔުމަންރައިޓްސް ކޮމިޝަންގެ މެމްބަރު ކަމަށް ދެ ބޭފުޅުން އައްޔަންކުރައްވައިފި
ކޮމިޝަންގެ މެމްބަރު ކަމުގެ ހުވާ ދެބޭފުޅުން ކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

ހިޔުމަންރައިޓްސް ކޮމިޝަންގެ މެމްބަރު ކަމަށް ދެ ބޭފުޅުން އައްޔަންކުރައްވައިފި

8 months ago - 11:56
Sep 8, 2025 - 11:56
Advertisement
Advertisement

ހިޔުމަންރައިޓްސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލިހުން ރުހުން ދެއްވި ދެ ބޭފުޅުން ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަންކުރައްވައިފިއެވެ.

ކޮމިޝަންގެ މެމްބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަންކުރެއްވީ މ. ޕޮޕީ، މުޙައްމަދު ޝަފީޤް މަޙްމޫދާއި ސ. ހުޅުދޫ، ސީބްރީޒް އަޙްމަދު މަޤުސޫމްއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަނުކުރެއްވުމުގެ ކުރިން، ދެ ބޭފުޅުންނަށް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމްއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް އަލަށް ޢައްޔަންކުރެއްވި ދެ މެންބަރުންނާ، އެ މަޤާމަށް ޢައްޔަނުކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރައްވާފައެވެ.

ކޮމިޝަންގެ ދެ މެމްބަރުންގެ ގޮނޑި ހުސްވީ ދެ މެމްބަރެއްގެ ދައުރު ހަމަވުމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement