
އަހަރުގެ ފުރަތަމަ 7 މަސް ދުވަހު މަސް އެކްސްޕޯޓްކުރި މިންވަރު އިތުރު- މަސްވެރިކަމާބެހޭ ވުޒާރާ
މި އަހަރުގެ ފުރަތަމަ 7 މަސް ދުވަހު ރާއްޖެއިން އެކްސްޕޯޓް ކުރި މަހުގެ އަދަދު %88.8 އިތުރު ވެއްޖެއެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހު ރާއްޖެއިން 52،763 މެޓްރިކްޓަނުގެ މަސް ވަނީ އެކްސްޕޯޓް ކޮށްފައެވެ. މިއީ 88.8 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ 7 މަސް ދުވަހު ރާއްޖެއިން އެކްސްޕޯޓް ކޮށްފައި ވަނީ 27،950 މެޓްރިކްޓަނުގެ މަހެވެ.
ފިނިކުރި ތާޒާ ކަނޑުމަހުގެ ގޮތުގައި މި އަހަރުގެ ފުރަތަމަ 7 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން ވަނީ 47،902 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓް ކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައިވަނީ 23،234 މެޓްރިކް ޓަނުގެ މަހެވެ. މިއީ %106.2 އިތުރުވުމެކެވެ.
މީގެއިތުރުން ކަނޑުމަސް ނުހިމަނާ ފިނިކުރި ތާޒާ މަހުގެ ގޮތުގައި 430 މެޓްރިކްޓަނުގެ މަސް މި އަހަރުގެ ފުރަތަމަ 7 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން ވަނީ އެކްސްޕޯޓް ކޮށްފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި އެކްސްޕޯޓް ކޮށްފައި ވަނީ 391 މެޓްރިކް ޓަނުގެ މަހެވެ. މިއީ %10 އިތުރުވުމެކެވެ.
މި އަހަރުގެ ފުރަތަމަ 7 މަސް ދުވަހު ޕްރޮސެސްކޮށްގެން 895 މެޓްރިކްޓަނުގެ މަސް އެކްސްޕޯޓް ކޮށްފައިވާކަމަށް ހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރު މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައިވަނީ 572 މެޓްރިކްޓަނުގެ މަހެވެ. މިއީ %65 އިތުރުވުމެކެވެ.
ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓް ކުރި މަހުގެ އަދަދު މި އަހަރުގެ ފުރަތަމަ 7 މަސް ދުވަހު ވަނީ ދަށްވެފައެވެ. ދަޅުގައި ބަންދުކޮށްގެން މި އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައި ވަނީ 3536 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރު މި މުއްދަތުގައި 3752 މެޓްރިކްޓަނުގެ މަސް އެކްސްޕޯޓް ކޮށްފައިވެއެވެ. އމިއީ މިދިޔަ އަރަހާ އަޅާބަލާއިރު 5.8% ގެ ދަށްވުމެކެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަކީ ފައިދާ ކުރާ ސިނާއަތަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ދަށުން މަސް ރައްކާކުރާ ކާރުހާނާ ތަކާއި މަސް ޕްރޮސެސް ކުރާ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ފަށާފައެވެ.
ރިއެކްޝަންސް






